ކޮވިޑަށް ޕޮޒިޓިވްވެފައިވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންމާފުޅު މޫމިނާ ހަސަންފުޅު ބަލިން ފަސޭހަވެއްޖެ އެވެ.

އުމުރުފުޅުން 77 އަހަރުވެފައިވާ ރައީސް ސޯލިހުގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވީ މިމަހު ކުރީ ކޮޅެވެ.

ރައީސް ސޯލިހްގެ ދައްތަ އައިޝަތު މުހައްމަދު ސައީދު މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، މަންމަ ބަލިން ފަސޭހަވެގެން މިހާރު ގެއަށް ދޫކޮށްފައިވާ ކަމަށެވެ. ހެޔޮދުއާ ކޮށްދެއްވި އެންމެހައި ފަރާތްތަކާއި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޕޯސްޓުގައި އޭނާ ޝުކުރު އަދާކުރެއްވި އެވެ.

އައިޝަތު ސޯލިހްގެ ޕޯސްޓް

އެކަމަނާ ފަރުވާ ހޯއްދެއްވީ، ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.

މީގެ ކުރިން ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ކޮވިޑްއަށް ޕޮޒިޓިވްވި އެވެ.