ކޮވިޑު19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ހުލުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ ރާއްޖެއިން ކޮވިޑުގައި މަރުވި 119 ވަނަ މީހާ އެވެ. އަދި މިއަދު މި ބަލީގައި މަރުވި ތިންވަނަ މީހާ އެވެ.

ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވެ، ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިހާތަނަށް ބައި ލައްކަ އަށް ވުރެ ގިނަ މީހުްނނަށް ބަލިޖެހިފައިވާއިރު މިހާރު 20،000 އަށް ވުރެ ގިނަ މީހުން ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.