ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއީ މިއަދު ކޮވިޑް ޖެހިގެން މަރުވި ދެވަނަ މީހާއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި މަރުވި މީހާއަކީ 80 އަހަރު ދިވެހި އަންހެނެކެވެ. އޭނާ މަރުވީ މިއަދު 10:54 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށްކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި 118 ވަނަ މީހާ އެވެ.

ރާއްޖެއިން ފެނުނު ކޮވިޑް-19 ކޮވިޑް-19 ކޭސްތަކުގެ ޖުމްލަ އަދަދު މިހާރު ބައި ލައްކައަސް ވުރެ މައްޗަށް އަރާފައިވާ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު 20،276 ކޭސް އެބަ ހުއްޓެވެ. އެޑްމިޓްކޮށްގެން 280 މީހަކަށް ދަނީ ފަރުވަ ދެމުންނެވެ.