ޔޫގަންޑާގައި ވެރިރަށް ކަމްޕާލާގައި ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލަން ރެސްޓޯރެންޓެއްގައި އެއްވެ ތިބި ބަޔަކަށް އަމާޒުކޮށްގެން ދިން ބޮމުގެ ދެ ހަމަލާއެއްގައި 74 މީހަކު މަރާލާފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.


70 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލި މި ހަމަލާތަކުގެ ފަހަތުގައިވާ ކަމަށް ބެލެވެނީ ސޯމާލިއާގެ ހަނގުރާމަވެރި ޖަމައާތެއް ކަމަށްވާ އަލް-ޝަބާބު ޖަމާއަތް އެ ޖަމާއަތުން ޔޫގަންޑާގައި މި ހަމަލާ ދީފައިވަނީ، ސޯމާލިއާގައި މިހާރު އޮތް އިންތިގާލީ ސަރުކާރަށް އެއްބާރުލުން ދެމުންގެންދާ އ.ދ ގެ ސުލްހައިގެ ސިފައިންނަށް ޔޫގަންޑާގެ ސިފައިންވެސް އެހީތެރިކަން ފޯރުކޮށްދެމުންދާތީ ކަމަށް ބެލެވެ އެވެ.