21 May 2021, 01:22
އެގާރަ ދުވަހުގެ ހަމަލާ ބަދަލުކުރަންތަކަށް ފަހު، ހަމަލާތައް ހުއްޓާލަން އިސްރާއީލާއި ހަމާސްއިން އެއްބަސްވެއްޖެ އެވެ.
ހަބަރުތައް ބުނާގޮތުން ކުރިއަށް އޮތް ތިން ގަޑިއިރުގެ ތެރޭގައި ހަމަލާތައް ހުއްޓާލުމަށް ދެ ފަރާތުން ވެސް މިހާރު ވަނީ އެއްބަސްވެފަ އެވެ.
ނަމަވެސް ހަމަލާތައް ހުއްޓާލަން އެއްބަސްވުމާއެކު، އިސްރާއީލުން ވަނީ ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަަދަކޮށްފަ އެވެ. އެގޮތުން އެއްބަސްވުމާއެކު ޣައްޒާގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ހަމަލާތަކެއް އިސްރާއީލުން ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހަމަލާތައް ހުއްޓާލަން ދެފަރާތުން އެއްބަސްވި އިރު، ހަމަލާތައް ހުއްޓާލަން ވަރަށް އަވަހަށް ދެ ފަރާތުން އެއްބަސްވުމަކަށް އައުން އެކަށީގެންވާ ކަމަށް ހަމާސް އިން އިއްޔެ ވަނީ ބުނެފަ އެވެ.
ހަމާސްއިން އެހެން ބުނި ނަމަވެސް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "އިސްރާއީލްގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ހަމަޖެހުން ގާއިމު ކުރެވެންދެން" ޣައްޒާއަށް ހަމަލާ ދެމުންދާނެ ކަމަށް މިދިޔަ ބުނަ ދުވަހު ވިދާޅުވެފަ އެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 232 މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި 65 ކުޑަކުދިންނާއި 38 އަންހެނުން ހިމެނެ އެވެ. އަދި އިސްރާއީލުން 12 މީހަކު މަރުވެފައިވެ އެވެ. ހަމަލާތަކުގައި 1900 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފަ އެވެ.