މިއަދު ކޮވިޑް19 އަށް ޓެސްޓު ކުރި 7259 ސާމްޕަލްގެ ތެރެއިން 2194 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއީ ރާއްޖޭގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ އަދަކަށް ޕޮޒިޓިވް މީހުން ދެނެގަނެވުނު ދުވަހެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު ޕޮޒިޓިވްވި 2،194 މީހުންގެ ތެރޭގައި ހިމެނެނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި 691 މީހެއް ކަމަށެވެ. ދެން ހިމެނެނީ އެހެން ދުވަސްތަކުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 1503 މީހުންނެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ވިދާޅުވީ މިއަދު ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރޭގައި މާލެ ސަރަހައްދުން 3968 ސާމްޕަލް ހިމެނެ އެވެ. އޭގެ ތެރެއިން 1698 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަތޮޅު ތެރެއިން 2206 ސާމްޕަލް ރަން ކުރި އިރު، 467 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓުތަކުން ނެގި 1085 ސާމްޕަލްގެ ތެރެއިން 29 މީހަކު މިއަދު ޕޮޒިޓިވްވި އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ސާމްޕަލް ނެގި ތާރީހު:

15 މެއި: 60 މީހުން

16 މެއި: 79 މީހުން

17 މެއި: 541 މީހުން

18 މެއި: 812 މީހުން

19 މެއި: 647 މީހުން

20 މެއި: 44 މީހުން

އަދި އެހެން ދުވަސްތަކެއްގައި ނަގާފައި ހުރި ސާމްޕަލްތައް ހިމެނެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ ވަނީ ބައި ލައްކަ ހުރަސްކޮށްފަ އެވެ. މިހާތަނަށް ރާއްޖެއިން 50،802 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 30،402 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

މިވަގުތު ކޮވިޑް ޖެހިފައި ތިބި 20،276 މީހަކު އެބަ ތިއްބެވެ. އޭގެ ތެރެއިން 280 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޮވިޑް19 ޖެހިގެން މިހާތަނަށް ރާއްޖެއިން 114 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި މިއަދު މަރުވި ދެ މީހުންނާއި، އިއްޔެ މަރުވި ހަތް މީހަކު ހިމެނެ އެވެ.