20 May 2021, 15:05
މެއި ހަ ވަނަ ދުވަހުގެރޭ ނީލޯފަރު ހިނގުން ސަރަހައްދުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އަހުމަދު ފާތިހުގެ ބަންދަށް ކޯޓުން 15 ދުވަސް ދީފި އެވެ.
ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން ދަރަންދޫ އިން އިއްޔެ ހައްޔަރު ކޮށްފައިވަނީ ލ މަން ތުނޑީއަވަށަށް ނިސްބަތްވާ އަހުމަދު ފާތިހު 23އ. އެވެ.
ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ އާއި ގުޅިގެން މީގެ ކުރިން އިތުރު ތިން މީހަކު ހައްޔަރުކޮށްފައި ވެއެވެ.
ފާތިހު ހައްޔަރު ކުރީ ހަރުކަށިފިކުރާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގަ އެވެ.
މި ހަފްތާ ތެރޭވެސް ފުލުހުން ވަނީ ހަރުކަށި ފިކުރާ ގުޅުން ހުރި ބޮޑެއް މާލެއިން މާލެއިން ހައްޔަރުކޮށްފަ އެވެ. މާލެއިން ހައްޔަރު ކުރީ އަބްދުﷲ އަލިމަނިކެވެ. އަލިމަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ޖަލަށްލި މީހެކެވެ. "ސަން"އަށް އެނގިފައިވާ ހިމަންދޫގައި ދީނީ ހަރުކަށި ފިކުރު ފަތުރައި، އެ ރަށުގައި ވަކިވެގަނެ، ސަލާމަތީ ބާރުތަކާ ދެކޮޅަށް "ހަނގުރާމަ" ކުރުމުގައި އޭނާ ބައިވެރިވެފައިވެ އެވެ.
އަލިމަނިކަށް ފުލުހުން ކުރާ ތުހުމަތު ތަކުގެ ތެރޭގައި އާންމުންގެ ސަލާމަތަށް ގެއްލުންވާގޮތަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަސް ރޭވުން ހިމެނެ އެވެ.