12 Feb 2012, 16:36
ޕްރެމިއާ ލީގުގެ ތާވަލުގެ އެއް ވަނަ އަށް ވަގުތީ ގޮތުން މެންޗެސްޓާ ޔުނައިޓެޑް އަރައިފި އެވެ. ތާވަލުގެ އެއްވަނަ އަށް މެންޔުނައިޓެޑް އެރީ ލިވަޕޫލް އާއި ދެކޮޅަށް ކުޅެ ލިބުނު ކާމިޔާބީއާ އެކު އެވެ. އާސެނަލް ވެސް ވަނީ ޗެލްސީ ވައްޓާލުމަށް ފަހު ހަތަރު ވަނަ އަށް އަރާފަ އެވެ. ޓޮޓެންހަމް އިން ވަނީ ރޭ ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑުކޮށް މޮޅުވެފަ އެވެ. އެވަޓަން އާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ވަނީ ބަލިވެފަ އެވެ.
ލިވަޕޫލް އާއި ދެކޮޅަށް ކުޅެ މެންޔުނައިޓެޑް މެޗު ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފު 0-0 ލަނޑުން އެއްވަރުވެގެން ނިމުނު ނަމަވެސް ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ގިނަ ލަނޑުތަކެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރި އެވެ. އެގޮތުން މެޗުގެ 47 އަދި 50 ވަނަ މިނެޓުގައި ވޭން ރޫނީ ވަނީ ދެލަނޑު ކާމިޔާބު ކޮށްދީ މެންޔުނައިޓެޑަށް ލީޑު ހޯދައިދީފަ އެވެ. ލިވަޕޫލް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.
އެވަޓަންގެ މައްޗަށް ޗެލްސީ އަށް ކާމިޔާބީ އެއް ލިބިފައެއް ނުވެ އެވެ. މޮޅު ކުޅުމެއް ދެއްކި ޗެލްސީ މިމެޗުން މޮޅުވީ 2-0 ލަނޑުން ނެވެ. މިމެޗުގައި ޗެލްސީގެ ޑިފެންސް ލައިނުން ގިނަ ކުށްތަކެއް ކޮށްފައިވާ ކަން ފާހަގަކޮށްލެވެ އެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި އެވަޓަން އަށް ލީޑު ހޯދައިދިނީ އެޓީމާއި ލޯނުގެ ދަށުން ގުޅުނު ސްޓީވަން ޕީނާ އެވެ. އެވަޓަންގެ ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެނިސް ސްޓްރޮކޮލާސީ އެވެ.
ސަންޑަލޭންޑް ކޮޅަށް ފަހު ވަގުތު ތިއަރީ އޮންރީ އާސެނަލް އަށް ކާމިޔާބު ކޮށްދިން ލަނޑާއެކު، އެޓީމު ވަނީ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. މެޗުގެ 70 ވަނަ މިނެޓުގައި ސަންޑަލޭންޑަށް ޖޭމްސް މެކްކްލީން ލީޑު ހޯދައިދީފައި ވަނިކޮށް، އޭގެ ފަސްމިނެޓް ފަހުން ބަދަލު ކުޅުންތެރިޔާ އާރޮން ރަމްސީ ވަނީ އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި އާސެނަލް އަށް ލީޑު ހޯދައިދިނީ އޮންރީ އެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.
ނިއުކާސަލް ޔުނައިޓެޑަށް ހަތަރު ވަނަ މަގާމަ އެރުމަށް ލިބުނު ފުރުސަތަށް ޓޮޓެންހަމް އިން ވަނީ ހުރަސް އަޅާފަ އެވެ. ނިއުކާސަލް އަތުން ޓޮޓެންހަމް ވަނީ ފަސޭހަކަމާއެކު މޮޅުވެފަ އެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ޓޮޓެންހަމް އަށް ލީޑު ހޯދައިދިނީ ޑިފެންޑަރު ބެނޮއިޓް އަސޫ އެކޮޓޯ އެވެ. އޭގެ ދެމިނެޓް ފަހުން ލުއިސް ސާހާ ޓޮޓެންހަމް އަށް ލީޑު ފުޅާކޮށްދިން އިރު، މެޗުގެ 20 ވަނަ މިނެޓުގައި ސާހާ ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 34 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ހަތަރު ވަނަ ލަނޑު އެޓިމަށް ކާމިޔާބު ކޮށްދިނީ ނިކޯ ކްރެންޖްކާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 4-0 ލަނޑުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެރނިގެންދިޔަ އެވެ. ޓޮޓެންހަމްގެ ކުޅުން ރަނގަޅު ކުރަމުން ދިޔަ ނަތީޖާ އަކަށް ވެގެންދިޔައީ ނިއުކާސަލްގެ ޑިފެންސް ލައިނަށް ބާރު ބޮޑުވެގެން ދިއުމެވެ. ޓޮޓެންހަމްގެ ފަސްވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެމަނުއެލް އަޑެބަޔޯ އެވެ. މިމެޗު ނިމިގެންދިޔައީ 5-0 ލަނޑުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.
ޕްރެމިއާ ލީގުގައި އިތުރު މެޗުތަކެއް ވެސް ކުރިއަށް ގޮސްފައިވެ އެވެ. ކުއީން ޕާކްސް ރޭންޖާސް އަތުން ބްލެކްބާން ރޮވާސް 3-2 ލަނޑުން މޮޅުވިއިރު. ބޮލްޓަން މައްޗަށް ވިގަން އިން ކުރި ހޯދީ 2-1 ލަނޑުންނެވެ. ސްޓޯކް އަތުން 2-1 ލަނޑުން ފުލަމް ކުރި ހޯދިއިރު، ސްވަންސޭ އަތުން ނޮވިޗް މޮޅުވީ 3-2 ލަނޑުންނެވެ.
ޕްރެމިއާ ލީގުގައި މިރޭ ވެސް މުހިންމު ދެމެޗެއް ކުރިއަށް ދާނެ އެވެ. ވޮލްވްސް އާއި ދެކޮޅަށް ވެސްޓްބްރޮމް ރާއްޖެ ގަޑިން މިރޭ 6:30 ނުކުންނައިރު، އެސްޓަން ވިލާ އާއި މެންސިޓީ ބައްދަލުކުރާ ފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގަ އެވެ.
ޕްރެމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، 38 ޕޮއިންޓާއެކު މެންޔުނައިޓެޑް އޮތީ ލީގުގެ އެއްވަނާގަ އެވެ. އެއް މެޗު ކުރިއަށް އޮތް އިރު މެންސިޓީ އޮތީ 37 ޕޮއިންޓާއެކު ދެވަނާގަ އެވެ. 53 ޕޮއިންޓާއެކު ތިންވަނާގައި ޓޮޓެންހަމް އޮތްއިރު، ހަތަރުވަނާ އަށް އެރި އާސެނަލް އަށް ލިބިފައި ވަނީ 43 ޕޮއިންޓެވެ. ފަސްވަނަ އަށް ވެއްޓުނު ޗެލްސީ އަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. ގޯލުގެ ތަފާތުން މިދެޓީމު އެއްވަރުވި، ނަމަވެސް އާސެނަލް ހަތަރު ވަނާގައި އޮތީ ކާމިޔާބުކުރި ލަނޑު ގިނަވުމުންނެވެ.