20 May 2021, 11:18
ރާއްޖޭގައި ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ލ. ގަމު ކޮވިޑު ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 36 އަހަރުގެ ނޭޕާލް ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވެފައިވަނީ ރޭ 2:00 ހާއިރު ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
މިއީ ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި 113 ވަނަ މީހާ އެވެ.
އިއްޔެ ވެސް ހަތް މީހަކު މި ބަލީގައި ރާއްޖޭން ވަނީ މަރުވެފައެވެ. މިއީ ބަލި ފެތުރެން ފެށިފަހުން އެންމެ ގިނަ ބަޔަކު މަރުވި އެއް ދުވަހެވެ.
ބަލި ފެތުރޭ މިންވަރު އިތުރުވެ މިހާރުވެސް 18،000 އަށް ވުރެ ގިނަ މީހުން ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.