19 May 2021, 22:39
ވޭތުވެ ދިޔަ 24 ގަޑިއިރާއި އޭގެ ކުރިން ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ ދައްކާގޮތުން 1187 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު އާންމު ކުރި 1187 ކޭސްގެ ތެރެއިން ވޭތުވެ ދިޔަ 24 ގަޑިއިރު ޕޮޒިޓިވްވެފައި ވަނީ 438 މީހުންނެވެ. މިއަދު ނަތީޖާ އާންމު ކުރި އަދަދުތަކަށް ބަލާއިރު 965 މީހަކު މާލެއިން ވަނީ ޕޮޒިޓިވްވެފަ އެވެ.
މިހާރު ކޮވިޑަށް ވަރުވާ ދެމުންދާ މީހުންގެ އަދަދު އުޅެނީ 18،843 ގަ އެވެ. އެޑްމިޓްކޮށްގެން 274 މީހަކަށް ދަނީ ފަރުވާދެމުންނެވެ.
މިއަދަކީ އެންމެ ގިނަ މީހުން ކޮވިޑުގައި މަރުވި ދުވަހެވެ. ހަތް މީހަކު މިއަދު މަރުވެފައިވާއިރު ޖުމްލަ މަރުވި މީހުންގެ އަަދަދު ވަނީ 112 އަށް އަރާފަ އެވެ.
ކޮވިޑް ޖެހުނު މީހުންގެ އަދަދު 48،608 އަށް އަރައިފި އެވެ.
ބެކްލޮގާއެކު ޕޮޒިޓިވް ކޭސްގެ ނަތީޖާ އާންމު ކުރާތީ ދުވާލަކަށް ޕޮޒިޓިވްވަނީ ކިތައް މީހުން ކަމެއް ސާފެއް ނުވެ އެވެ.