މީގެ ދިހަ ދުވަސްކުރިން ކޮވިޑް 19 އަށް ޕޮޒިޓިވްވި ކުޅަދާނަ ބަތަލާ ކަންގަނާ ރަނައުތު ކޮވިޑް އިން ފަސޭހަވެއްޖެ އެވެ.

ކޮވިޑް އިން ފަސޭހަވިކަން ހާމަކުރަމުން ކަންގަނާ ވަނީ ނެގަޓިވް ޓެސްޓުގެ ސްކްރީންޝޮޓެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ބަތަލާ ވަނީ އޭނާގެ ކޮވިޑްގެ ޖާނީ އިންސްޓަގްރާމް މެދުވެރިކޮށް އާންމުންނާ ހިއްސާކޮށްފަ އެވެ. އަދި އޭނާ ވަނީ އޭނާއަށް ހެޔޮ ދުޢާކޮށްދިން އެންމެންނަށް ޝުކުރުވެސް އަދާކޮށްފަ އެވެ.

ދާދިފަހުން ބަތަލާ ކަންގަނާގެ ޓްވިޓާ އެކައުންޓް ވަނީ ދާއިމަަށް ސަސްޕެންޑު ވެސް ކޮށްލައިފަ އެވެ. ޓްވިޓާގެ އުސޫލުތަކާ ހިލާފަށް ޓްވީޓްކުރަމުންދާ ކަމަށް ބުނެ އެ ޕްލެޓްފޯމުންކަންގަނާ ބޭރުކޮށްލި އިރު އޭނާ ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު "ތަލައިވީ" ވެސް ވަނީ ކޮވިޑް19 އާ ގުޅިގެން ފަސްކޮށްފަ އެވެ. އޭނާގެ ކުރިއަށް އޮތް ހުރި ފިލްމުތަކުގެ ތެރޭގައި "ތޭޖާސް" އަދި "ދާކަޅް" ހިމެނެ އެވެ.