ބިލްތައް ދެއްކުމާއި ވިޔަފާރިކުރުމުގައި ގައިދުރުކަން އިސްކޮށް ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުން ވަނީ މުހިންމުވެފަ އެވެ. ޑިޖިޓަލްކޮށް ޕޭމަންޓް ހެދުމަށް ގިނަ މީހުން އަހުލުވެރިކުރުމަށް އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާއަށް ރަޖިސްްޓްރީކޮށް ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއް ލިބޭ ޕްރޮމޯޝަންއެއް އެކުންފުނިން މިއަދު ވަނީ ފަށާފަ އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެމް-ފައިސާގެ ރެޖިސްޓްރޭޝަން ފުރިހަމަކޮށް 500 ރުފިޔާ ކޭޝް-އިން ކުރާ ފަރާތްތަކުގެ އެމް-ފައިސާ ވޮލެޓަށް 50 ރުފިޔާ ޖަމާވާނެ އެވެ. އަދި އަލަށް ރެޖިސްޓްރޭޝަން ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން އެމް-ފައިސާ މެދުވެރިކޮށް 500 ރުފިޔާއަށްވުރެ މަތިން ޔުޓިލިޓީ ބިލްދައްކާ ކަސްޓަމަރުންގެ ވޮލެޓަށް 25 ރުފިޔާ ޖަމާވާނެ އެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތަނަކުން އަދި ކޮންމެ ވަގުތެއްގައިވެސް، ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި އަދި ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންއެކެވެ.

މިއީ ކަރަންޓާއި ފެން ފަދަ އެންމެ ގިނަ ޔުޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމެކެވެ. އޭގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް، މޯލްޑިވް ގޭސް އަދި ވިލާ ގޭސް ފަދަ ގިނަ ކުންފުނިތަކެއް ހިމެނެ އެވެ.

އެމް-ފައިސާ ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށްފަހު

  • އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓާ ކޮށްލާ

  • އަޕްގްރޭޑް އަށް ފިއްތާލާ
  • މައުލޫމާތު ފުރާލުމަށްފަހު އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ، ޕާސްޕޯޓް ކޮޕީ ނުވަތަ ވޯކް ޕަރމިޓް ކޮޕީ އަޕްލޯޑް ކުރުމަށްފަހު ސަބްމިޓްކޮށްލާ.

އެމް-ފައިސާއަށް އަލަށް ރަޖިސްޓްރީ ކުރާނެ ގޮތް

  • އުރީދޫ އެޕްޑައުންލޯޑްކޮށްލާ

  • އެމް-ފައިސާ ހިޔާރުކުރުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިއްތާލާ
  • މައުލޫމާތު ފުރިހަމަކުރުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރަން ލިބޭ އޯޓީޕީ ނަންބަރު ޖަހާލާ
  • މޮބައިލް ނަންބަރު ޖެހުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހާލާ
  • ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށްފަހު ކުރިން ޖެހި ޕިން ނަންބަރު ޖަހާލާ
  • ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަކޮށްލާ

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް މޮބައިލް ފޯން ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގާތް ތިމާގެ މީހުންނަށް ފައިސާ ފޮނުވައި، އުރީދޫ ޕްރީޕެއިޑް އެކައުންޓް ރީޗާޖްކޮށް، ތަފާތު ވިޔަފާރި ކުރުމުގެ އިތުރުން، ބިލްވެސް ދެއްކޭނެ އެވެ.

އެގޮތުން މޮބައިލް ފޯނު ބޭނުންކުރާ ކޮންމެ ފަރާތަކަށް ވެސް އެމްފައިސާ މެދުވެރިކޮށް ހުރިހާ ޔޫޓިލިޓީ ބިލްތަކެއް ފަސޭހަކަމާއެކު ދައްކާލެވޭނެ އެވެ.

ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީގެ އިންޓަނެޓް ބޭންކިންގެ އިތުރުން އެމް-ފައިސާ އޭޖަންޓުް މެދުވެރިކޮށް އެމް-ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެވޭނެ އެވެ.