19 May 2021, 10:07
ކޮވިޑް-19ގައި މިއަދުގެ މިހާތަނަށް ތިން މީހަކު މަރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ )އެޗްޕީއޭ( އިން ހާމަކޮށްފި އެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ރޭ ދަންވަރުގެ ވަގުތުގައި މަރުވެފައި ވަނީ ލ. އަތޮޅު ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހެކެވެ. އަދި މިއަދު ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލްގެ އީއާރަށް ގެނައި ކޮވިޑް ބަލި މަރުވެެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ރޭ ދަންވަރު 1:54ގައި މަރުވެފައި ވަނީ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ރޭ 3:01 ގައި މަރުވެފައި ވަނީ 69 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންނަކީ ލ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހުންނެވެ.
މީގެ އިތުރަށް މިއަދު ހެނދުނު 7:25ގައި އައިޖީއެމްއެޗް އީއާރަށް ގެނައިތަނުން މަރުވެފައި ވަނީ 73 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
އެއާ އެކު ކޮވިޑުގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 108އަށް އެރީ އެވެ.
ތަފްސީލް އަންނަނީ...