ކޮވިޑް-19 ޖެހިގެން އުމުރުން 66 އަހަރުގެ އަންހެނަކު މިރޭ މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މިރޭ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އަންހެނެކެވެ.

އޭނާ އަކީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 105 ވަނަ މީހާ އެވެ. އަދި މިއަދުގެ ދެވަނަ މަރެވެ.

މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އުމުރުން 73 އަހަރުގެ އަންހެނަކުވެސް ކޮވިޑްއާ ހެދި މަރުވި އެވެ.