12 Jul 2010, 11:35
14:30
އެމްއެންބީސީގެ ޗެއާމަން މަޑުލު މުހައްމަދު ވަހީދާއި އެމްއެންބީސީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ހަލީލު ބާކީކޮށް، އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑު ރައްޔިތުންގެ މަޖިލިހުން ކަނޑައަޅައިފި އެވެ.
އަލަށް އުފައްދާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ނުވަތަ އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، މަޖިލީހަށް ފޮނުއްވެވި 19 ނަންތަކުގެ ތެރެއިން، 9 ނަމެއް ބޯޑަށް ހޮއްވެވުމަށް، ވޯޓަށް އައްސަވައިގެން ކުރިއަށް ގެންދެވުމުގައި، ހަލީލުގެ ނަމަށް ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި، 73 މެންބަރުންގެ ތެރެއިން ހަލީލްގެ ނަން ފެންނަ ކަމަށާއި، ނުފެންނަ ކަމަށް ވެސް 35 މެންބަރުން ވޯޓު ދެއްވި އެވެ. ހަލީލުގެ ނަން ފާސްވުމަށް ބޭނުން ވަނީ 36 ވޯޓަށްވެފައި، ފެންނަ ކަމަށް ދެއްވި ވޯޓާއި ނުފެންނަ ކަމަށް ދެއްވި ވޯޓުގެ އަދަދު އެއްވަރުވުމާ ގުޅިގެން، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ވޯޓު ދެއްވަން ޖެހިވަޑައިގެންނެވި އެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ވޯޓު ދެއްވީ ހަލީލްގެ ނަން ނުފެންނަ ކަމަށެވެ.
އެމްބީސީގެ ބޯޑަށް އައްޔަން ކުރުމަށް ފާސްކުރި ނަންތަކަކީ މ. ޝެރިފް، އަލީ ޝަރީފާއި ހ. ބޮނޑިކަނދޮޅުގޭ ނަހުލާ އަލީ އާއި މ. ޒިޔާރަތްދޮށުގެ މުހައްމަދު ޝަފްރާޒް ހާފިޒާއި ހ. ސޯސަންފްލާވާ އިބްރާހީމް އުމަރު މަނިކާއި މ. ނިޔަނދުރު، އަލީ ޝައްމާނާއި ސ. ހިތަދޫ، ލިލީވިލާ، މުސްތަންސިރު މުމްތާޒާއި ސ. ހިތަދޫ، ސެވެންސްޓާ، އާއިޝަތު ދިޔާނާ ތާހިރާއި ހ. ތަންބީއާގެ އަބްދުލްހަމީދު އަބްދުއްސަމަދާއި ގ. ވަށަފަރު، އިގްބާލް އާދަމެވެ.
ހަލީލާއި މަޑުލު ވަހީދުގެ އިތުރުން މަޖިލިހުން ބޭރުކޮށްލި ނަންތަކަކީ މއ. އަމީނީވިލާ ނައުޝާދު މުހައްމަދާއި ގ. އަނބުގެ އިބްރާހީމް ހުސައިން ޝިހާބާއި ގދ. ތިނަދޫ، ބްރޫމް، ނިޔާޒް އިބްރާހީމާއި ގދ. ރަތަފަންދޫ، ބަހާރީވިލާ، މިއުސަމް އައްބާސް އާއި ހދ. ނޮޅިވަރަން، ދިއްގާގަސްދޮށުގޭ އީސާ އާދަމާއި ގ. ކަނޑުވައިގޭ އާދަމް ޝަރީފާއި ވ. ކަންދު، ހަސަން މަނިކެވެ.