އިތުރު 1،433 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު އިއުލާންކުރި އަދަދުގެ ތެރެއިން ފާއިތުވި 24 ގަޑިއިރު ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވީ 594 މީހުން ކަމަށެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1،294 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 134 މީހުންނާއި ހިންގަމުންދާ ރިސޯތުތަކުން ޕޮޒިޓިވްވި ފަސް މީހެކެވެ.

އެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 45،965 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައި ތިބި 16،997 މީހުންގެ ތެރެއިން 268 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.