17 May 2021, 18:44
ރާއްޖޭގެ ގުދުރަތީ ރީތިކަން އިހްސާސްކޮށްލުމަށް ފަލަސްތީނުގެ ވެރިރަށް ޣައްޒާގައި ނަމުގައި ހުޅުވި ރެސްޓޯރަންޓަށް އިސްރާއީލުން ބޮން އަޅައި ބިމާ ހަމަކޮށްލައިފި އެވެ.
ޣައްޒާގެ އަތިރިމަތީގައި، ތިން ބުރިއަށް އިމާރާތްކުރި އެ ރެސްޓޯރަންޓަކީ، ޣައްޒާގެ ރައްޔިތުންނަށް ގައުމުން ބޭރަށް ދަތުރުނުކުރެވޭތީ، އަމިއްލަ ގައުމުގައި ތިބެގެން ރާއްޖޭގެ ތަޖުރިބާކޮށްލުމަށް ހުޅުވި ތަނެކެވެ.
ރާއްޖެއަކީ ފަލަސްތީނު ރައްޔިތުންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވާތީ، ރާޅު ޖަހާ ހިސާބުގައި ރެސްޓޮރަންޓު ހުޅުވީ، ރާއްޖޭގެ މާހައުލު ކޮންމެސް ވަރަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.
ނަމަވެސް މިއަދު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެ ރެސްޓޯރަންޓު ވަނީ މުޅިން ބިމާ ހަމަވެފަ އެވެ. އެ ހަމަލާގައި ތިން މީހަކަށް އަނިޔާވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެއީ 1200 މީހުންނަށް ކޭޓާކުރެވޭ ފެންވަރަށް ހަދާފައި ހުރި ރެސްޓޯރަންޓެކެވެ. އަދި އެތަނަށް ބޮޑު ތަރުހީބެއް ލިބެމުން ދިއުމުން، އިތުރަށް ވިޔަފާރި ފުޅާކުރުމުގެ ވިސްނުން ހުރި ކަމަށް ރެސްޓޯރަންޓުގެ ވެރިޔާ މިދިޔަ އަހަރު ވަނީ ބުނެފަ އެވެ.