16 May 2021, 23:55
ކޮވިޑު ޖެހިގެން އުމުރުން 80 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
މިއީ ކޮވިޑުގައި މިއަދު މަރުވި ހަތަރު ވަނަ މީހާ އެވެ، މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ ވަނީ 98 އަށް އަރައިފަ އެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 83 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއްގެ އިތުރުން 87 އަހަރުގެ މީހަކުވެސް ވަނީ މިއަދު މަރުވެފައެވެ.
މިއީ ބަލީގައި މި މަހު މަރުވި 24 ވަނަ މީހާ އެވެ. މި މެއި މަހަކީ ކޮވިޑު ފެތުރެން ފެށިފަހުން ރާއްޖޭގައި އެންމެ ގިނަ މީހުން މިހާތަނަށް މަރުވި މަހެވެ.
މިވަގުތު 15،900 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފަރުވާ ހޯދަމުންދާއިރު 10 މީހުންނަށް ފަރުވާ ދެނީ އައިސީޔޫގައެވެ.