16 May 2021, 23:54
މި މެއި މަހަކީ ރާއްޖޭގައި ފެތުރެން ފެށިފަހުން އެންމެ ގިނަ މީހުން މަރުވި މަސް ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބުނެފި އެވެ.
މިރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގެ ފަރާތުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ބަލީގައި މަރުވާ މީހުންގެ ތެރެއިން ގިނައީ ދިގު މުއްދަަތަކަށް ބޭސްކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ކަމަށެވެ. އެގޮތުން ބަލީގައި މަރުވި މީހުންގެ 70 ޕަސެންޓަކީ އުމުރުން 80 އަހަރުން މަތީގެ މީހުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"މި މަހުގެ ފާއިތުވި ދެ ހަފްތާ އަށް ބަލާއިރު 23 މީހަކު މިވަނީ ނިޔާވެފައި. މި ދިޔަ އެއް އަހަރަށް ބަލާއިރު ސްޓެޓިސްޓިކްސް އަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް މަހެއްގެ މައްޗަށް ނިޔާވެފައި ވަނީ 12 މީހުން. އެކަމަކު މި މަހުގެ މެދާ ހަމައަށް އައި އިރު މިވަނީ 23 މީހަކު ނިޔާވެފައި،" ޑޮކްޓަރު ވިދާޅުވިއެވެ.
"ފާއިތުވި ތިން ދުވަހުގެ ޑެތްސް ތަކަށް ބަލާއިރު ފާހަގަ ކޮށްލަން ޖެހޭ މި ހުރިހާ ޕޭޝަންޓުންނަކީވެސް އެކިއެކި ދިގު މުއްދަތަކަށް ފަރުވާ ކުރަންޖެހޭ ބަލިތަކަށް ފަރުވާ ހޯދާ މީހުން. 70 ޕަސެންޓަކީ 80 އަހަރުން މަތީގެ ބޭފުޅުން،" ޑރ. ޝަހީދު ވިދާޅުވިއެވެ.
"[ތިން ދުވަސް ތެރޭ] ނިޔާވި މީހުންގެ ވެކްސިނޭޝަން ސްޓެޓިސްޓިކްސް އަށް ބަލާއިރު 10 މީހުންގެެ ތެރެއިން ހަތް މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ލިބިފައި ނުވާ މީހުން،" ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް 97 މީހަކު ވަނީ ކޮވިޑު ޖެހިގެން މަރުވެފައެވެ.