ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިރޭ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 81 އަހަރުގެ ފިރިހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 95 އަށް އަރައިފަ އެވެ. އިއްޔެ ވަނީ ކޮވިޑް ޖެހިގެން ދެ މީހަކު މަރުވެފަ އެވެ.

އޭގެކުރީ ދުވަހު ކޮވިޑް ޖެހިގެން ވަނީ ފަސް މީހަކު މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހިގެން މިހާތަނަށް ޖުމްލަ 95 މީހަކު މަރުވެފައިވާ އިރު، މި ބަލި ޖެހިފައިވާ 15،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.