15 May 2021, 22:39
ރާއްޖެއިން އިތުރު 1007 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ އެ ކޭސްތަކުގެ ތެރޭގައި ފާއިތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި 821 ކޭސް ހިމެނޭ ކަމަށެވެ.
އެ 1007 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 793 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 183 މީހުންނާއި ހިންގަމުންދާ ރިސޯތުތަކުން ޕޮޒިޓިވްވި 26 މީހުންގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި ފަސް މީހުންނެވެ.
އެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 43،782އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައި ތިބި 15،666 މީހުންގެ ތެރެއިން 260 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.
މިއަދު ބަލިން ރަނގަޅުވެފައިވަނީ 341 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 28،013 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 94 މީހުން ވަނީ މަރުވެފަ އެވެ.