15 May 2021, 20:37
ހޯމް ކަރަންޓީނުން ނިކުމެ ކޯޓަށް ގޮސް ކައިވެނިކުރި ދެ މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގއ. ވިލިނގިލި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު، ކަރަންޓީނުގެ އުސޫލާ ހިލާފަށް މިމަހުގެ 11ވަނަ ދުވަހު ކޯޓަށް ގޮސް ކައިވެނިކޮށްފައިވާ ކަމަށެވެ.
"އެހެންކަމުން އޭގެ ތެރެއިން ކޮންމެ މީހަކު 10،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކައިވެނި ކުރި ދެ މީހުންނަކީ މާލެއިން ވިލިނގިއްޔަށް ގޮސް ހޯމް ކަރަންޓީންގައި ތިބި ދެ މީހުންނެވެ.
ވިލިނގިލީގެ ހޯމް ކަރަންޓީންގައި ހުރި މީހަކާ ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް19އަށް ޕޮޒިޓިވިވްވުމާއެކު މިއަދު އެ ރަށް ވަނީ މޮނީޓަރިން ހާލަތަށްވެސް ގެެނެސްފަ އެވެ.