ބޮލީވުޑްގެ ސުޕަ ސްޓާ، ލެޖެންޑް އަމީތާބް ބަޗަން ބަޑުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.

އަމީތާބް 68، މި އޮރޭޝަންކޮށްފައިވަނީ އިންޑިޔާގެ މުމްބާއީގެ ހޮސްޕިޓަލެއްގައި ކަމަށާއި އޮޕަރޭޝާނަށް ފަހު އަމީތާބުގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ ދަރިފުޅު އަބީސޭކް ބަޗަންގެ ޓުއިޓާއާ ހަވާލާދީ ބޮލީވުޑްގެ ރިޕޯޓްތައް ބުނެ އެވެ.

ނަވާރަސަތޭކަ އަށްޑިހަ ދެވަނަ އަހަރު އަމީތާބުގެ ކުޅުނު ފިލްމެއްގެ ޝޫޓިންއެއްގެ ތެރޭގައި އޭނގެ ގޮހޮރަށް ލިބުނު އަނިޔާއަކަށްފަހު، ދޭތެރެ ދެތެރެއިން ބަނޑުގައި ރިއްސުމުގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިވަނީ ފިލްމް "ދަ ޕޯޓާ" ނުވަތަ "ކޫލީ" ގެ މަންޒަރެއް ނެގުމުގެ ތެރޭގަ އެވެ.

ބޮލީވުޑްގެ "ބިގްބީ" ގެ ގޮތުގައި މިހާރު މަޝްހޫރުވެފައިވާ އަމީތާބު ބަޗަން ބޮލީވުޑްގައި މިހާތަނަށް 180 ފިލްމް ކުޅެފައިވާއިރު މިހާތަނަށް އިންޑިޔާގައި ބޭއްވި އެންމެ މަގުބޫލް ޓީވީ ޝޯ ކަމުގައިވާ "ކޯންބަނޭންގާ ކްރޯޑްޕަތީ" ހޮސްޓްކޮށްދީފައިވަނީ ވެސް އަމީތާބެވެ. އޭރުވެސް މިހާރު ވެސް ބޮލީވްޑްގައި އެންމެ ހިނގާ ތަރިއަކީ އަމީތާބެވެ.