މިރޭ ކުރިއަށްދާ އުރީދޫ އީދު ޝޯގެ ލިންކު ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި އެވެ.

އުރީދޫގެ އީދު ޝޯ ކުރިއަށްދާނީ މިރޭ 9:00 އިން 11:00އަށް އޮންލައިންކޮށެވެ.

އުރީދޫއިން ބުނީ ޝޯ ކުރިއަށްދާ ވަގުތު ލައިވްސްޓްރީމްގެ ލިންކު ޝެއާ ކޮށްގެން ބައިވެރިވެވޭ ލަކީޑްރޯއެއް ކުރިއަށްދާނެ ކަމަށެވެ.

އެ ލަކީޑްރޯގައި ހުށަހަޅާފައިވާ އިނާމުތަކަކީ:

  • ދަ ކޮފީ ޝްރަބްއިން ދެ މީހަކަށް ޑްރިންކްސް

  • ލަވޭރާ ޕިޒޭރިއާގެ ޕިއްޒާއެއް
  • ލެޕާފިއުމްގެ ހުށަހަޅާފައިވާ ގިފްޓް ޕެކެއް
  • މަމަކްއިން ދެމީހަކަށް ދޭ ރޭގަނޑުގެ ނާސްތާއެއް
  • ނަސީބުވެރި ފަސް ފަރާތަކަށް ޕިއްޒާ ކިޗަންއިން ދޭ ޕިއްޒާ
  • ނަސީބުވެރި ފަސް ފަރާތަކަށް މިނިޓް ޕެއިޑްއިން ދޭ ގިފްޓް ޕެކެއް
  • ޕްރިންޓް ލެބްއިން ހުށަހަޅާފައިވާ 1000 ރުފިޔާގެ ވައުޗަރެއް

އުރީދޫ އީދު ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިން ފެނިގެންދާނެ އެވެ.

އޭގެ ތެރޭގައި ޒަކިއްޓެ، ޝަމްއޫނު، ހަބޭސް ފިއުޝަން އަދި ޑަންޑޫރަ ހިމެނެއެވެ.

އުރީދޫ އިން ވަނީ މިދިޔަ އަހަރުވެސް ޑިޖިޓަލް އީދު ޝޯ އެއް ކުރިއަށް ގެންގޮސްފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ޝޯ ބަލާލެވޭނެ އެވެ.

އުރީދޫ މޯލްޑިވްސް އން ބުނީ ގޭގައި ތިބެގެން މި ފޯރިގަދަ އީދު ޝޯ ގައި ބައިވެރިވުމަށް ދައުވަތު ހުޅުވާލާފައިވާ ކަމަށެވެ. .

ޝޯ ބާއްވަން ހަމަޖެހިފަވާ ގަޑީގައި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިއާ މެދުވެރުކޮށް ނުވަތަ މި ލިންކް: ore.do/eidshow މެދުވެރިކޮށްވެސް ޝޯ ފެންނާނެ ކަމަށް އުރީދޫ އިން ބުންޏެވެ.