ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް "އައުޓާ ބޭންކްސް"ގެ ދެވަނަ ސީޒަން މި އަހަރު އަންނާނެ ކަމަށް ބުނެފިއެވެ.

އައުޓާ ބޭންކްސްގެ އޮފިޝަލް ޕޭޖުން ވަނީ އެ ސީރީޒްގެ ދެވަނަ ސީޒަންގެ ފޮޓޯތަކެއް ހިއްސާކުރަމުން ދެވަނަ ސީޒަން މި އަހަރު އަންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް ދައްކާނެ ދުވަހެއް ސީދާ އިއުލާންކޮށްފައެއް ނުވެއެވެ.

އައުޓާ ބޭންކްސްގެ ދެވަނަ ސީޒަންގެ ޝޫޓިން ވަނީ މިދިޔަ މަހު އެއްކޮށް ނިންމާލައިފަ އެވެ. ސީރީޒްގެ ޕްރޮޑަކްޝަންގެ މަސައްކަތް ޖުލައި މަހު އެއްކޮށް ނިންމާލެވޭނެ ކަމަށާއި އެ މަސައްކަތް ނިމުމުން ސީރީޒް ދައްކާނެ ތާރީޚެއް އިއުލާންކުރާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. ގިނަ ޚަބަރުތައް ބުނާ ގޮތުގައި މި ފަހަރުގެ ސީޒަން އަންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

ޓީނޭޖު ކުދިންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ މި ސީރީޒަކީ ޝައުގުވެރި އެތައް ކަންތައްތަކެއް ހިމެނޭ ޝޯއެކެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނެއް އާންމުންނާ ހަމައަށް އައީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ. ފުރަތަމަ ސީޒަން ނިމުނު ހިސާބުން ދެ ވަނަ ސީޒަން ފަށާއިރު ފުރަތަމަ ސީޒަން ނިމިގެންދިޔައީ ވަރުގަދަ ތޫފާނެއްގައި ސާރާ (މެޑެލީން ކްލައިން) އާއި ޖޯން ބީ (ޗޭސް ސްޓޯކްސް) ޖެހި އެ ތޫފާނުން ސަލާމަތްވެ ބަހާމާސް އަށް ދެވޭ ހިސާބުންނެވެ. އައުޓާ ބޭންކްސް އަކީ ވަރަށް މަގްބޫލު ސީރީޒެކެވެ.