ކޮވިޑް19 ޖެހިގެން މިއަދު ތިންވަނަ މީހަކު ރާއްޖެއިން މަރުވެެއްޖެއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިއަދު ރާއޖްެއިން މަރުވި ތިންވަނަ މީހަކީ ދަރުމަވަންތަ ހޮސްޕިޓަލު (ޑީއެޗް11)ގައި ފަރުވާ ހޯދަމުން ދިޔަ 86 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވީ މިއަދު ހެނދުނު 9:05 ގައެވެ.

މިއީ ރާއްޖެއިން ބަލީގައި މަރުވި 90 ވަނަ މީހާއެވެ.

މިއަދު ކުރިން މަރުވި ދެ މީހުންނަކީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހުންނެވެ. އެއީ 86 އަހަރުގެ ދިވެހި ފިރިހެނަކާއި 64 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހިގެން 90 މީހަކު މަރުވެފައިވާ އިރު، ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 41،308 އެވެ.

މިވަގުތު ކޮވިޑް19 ޖެހިފައިވާ މީހުން ނުވަތަ އެކްޓިވް ކޭސްގެ އަދަދަކީ 13،784 އެވެ.