ބެކް ލޮގް ހިމެނޭ ގޮތަށް، މިއަދު ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 1216 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު، އިއްޔެގެ ހަވީރު ހަޔަކުން މިއަދުގެ ހަވީރު ހަޔަކަށް ޕޮޒިޓިވް ކޭސްގެ ގޮތުގައި ރެކޯޑު ކުރެވިފައި ވަނީ 836 މީހެކެވެ. ދެން ހިމެނެނީ ބެކްލޮގް ގެ ތެރެއިން ޕޮޒިޓިވްވި 380 ސާމްޕަލް އެވެ. މިއަދު ވަނީ 4،500 ސާމްޕަލް ޓެސްޓު ކޮށްފަ އެވެ.

މިއަދު ރެކޯޑު ކުރެވުނު ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ، މާލެ އިން ޕޮޒިޓިވްވި 1،013 މީހަކާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 201 މީހެއްގެ އިތުރުން ރިޒޯޓަކުން ޕޮޒިޓިވްވި މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ވަނީ 41،308 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 27،428 މީހަކު ރަނގަޅުވެފައި ވާއިރު، އެކްޓިވް ކޭސްގެ އަދަދަކީ 13،784 އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މިވަގުތު 259 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ބަލީގައި މިހާތަނަށް ރާއްޖެއިން 87 މީހަކު ވަނީ މަރުވެފަ އެވެ.