13 May 2021, 00:00
ލަންކާ ގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ މުވައްޒަފުންނަށް ކޮވިޑް ވެކްސިން ދިން ގޮތް ސާފުކޮށްދީފި އެވެ.
އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފޮރިން މިނިސްޓްރީ އާއި ހަވާލާދީ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ރާއްޖޭގެ ފަރާތުން އެހެން ގައުމުތަކުގައި ތިބޭ ދިވެހި ޑިޕްލޮމެޓުންނަށް ދޭނެ ވެކްސިން އެއްވެސް ގައުމަކަށް ނުފޮނުވާ ކަމަށެވެ.
"މާލެއިން އެއްވެސް ތަނަކަށް ވެކްސިނެއް ނުފޮނުވާ. އެހެން ގައުމުތަކެކޭ އެއްގޮތަށް ލަންކާގައިވެސް އެ ގައުމުގައި ތިބޭ ޑިޕްލޮމެޓުންނަށް އެ ގައުމުގެ ސަރުކާރުގެ ފަރާތުން ވެކްސިން ޖަހާ. އެގޮތުން ދިވެހި އެމްބަސީގެ ބޭފުޅުންނަށްވެސް ވެކްސިން ދޭ،" މަބްރޫކު ވިދާޅުވި އެވެ.
ލަންކާގައި ތިބޭ ރާއްޖޭގެ ޑިޕްލޮމެޓުންނަށް ދިނުމަށް، ރާއްޖެއިން ވެކްސިން ފޮނުވައިގެން ވެކްސިން ދިން ކަމަށް ބުނެ މިރޭ ވަނީ މީޑިއާ ގައި ވާހަކަ ފެތުރިފަ އެވެ.