ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބު ކުރައްވަން ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ގައުމާ މުހާތަބު ކުރައްވާނީ މިރޭ 7:00ގަ އެވެ.

ރައީސް މިރޭ ގައުމާ މުހާތަބު ކުރައްވާއިރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތުކުރާ 280 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އާންމުކޮށްފަ އެވެ. އަދި މިފަހުން ރާއްޖޭގައި ކޮވިޑުގެ ނަމްބަރުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ، އަދި އެކަމާ ގުޅިގެން މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހަވީރު 4:00 އިން ފަތިހު 4:00 އަށް މާލޭ ސަރަހައްދުގައި ކާފިއު ވަނީ އިއުލާންކޮށްފަ އެވެ.

މީގެ އިތުރުން ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލައިފަ އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް މިރޭ ގައުމާ މުހާތަބު ކުރައްވަނީ އީދުގެ ތަހުނިޔާ ވިދާޅުވުމުގެ ގޮތުންނެވެ.