އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރާ 282 މީހުންގެ ނަމާ އެކު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ރިޕޯޓުއާންމުކޮށްފިއެވެ.

އެ ލިސްޓާއި ރޭ ދައުރަވަމުން ދިޔަ ލިސްޓަކީ ތަފާތު ދެ ލިސްޓެއް ކަން ވަނީ އެނގިފަ އެވެ.

މަޖިލީހުން އާންމު ކުރި ލިސްޓުން އެނގޭ ގޮތުގައި 282 މީހުންގެ ތެރެއިން 119 މީހުންނަކީ، ކުރިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނާއި މިހާރު ވެސް މަގާމުތަކުގައި ތިބި މީހުންނެވެ.