12 May 2021, 13:48
އޮޑީޓަ ޖެނެރަލް ހަސަން ޒިޔަތު އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގައި ޖެހިފާވާކަން އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަސް ފޮނުވި ލިސްޓުން ހާމަވެއްޖެ އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައި އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި އެ ކޮމިޓީއިން މިއަދު ވަނީ ރިޕޯޓު ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކޮށްފައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ހިޔާނާތުގެ ލިސްޓު އެއްވެސް އުނި އިތުރެއް ނުގެނެސް ހާމަ ކުރާ ގޮތަށެވެ.
އެ ކޮމިޝަނުން މަޖިލީހަށް ދިން ލިސްޓުގައި މިިހާރުގެ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ ނަން ވަނީ ހިމެނިފަ އެވެ.
އެނގިފައިވާ ގޮތުން ކުރީގެ ނައިބު ރައީސް އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ މުގުލުގައި ހުންނެވި އަހުމަދު އަދީބު އެސްޓް ރިކަވަރީ ކޮމިނަށް ދީފައިވާ ބަޔާނުގައި ޒިޔަތަށް ފައިސާ ދީފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ދިނީ ކިހާ ފައިސާއެއް ކަމެއް ނޭންގެ އެވެ.
ޒިޔަތު ވަނީ ޕީޕީއެމްގެ ޓިކެޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީޙުގެ އިންތިހާބުގައި ހުޅު ހެންވޭރު ދާއިރާއަށް ވާދަކޮށްފަ އެވެ.
އަދީބުގެ ހިޔާނާތުގެ ފައިސާގެ ކަންކަމުގައި އެންމެ އިސްކޮށް އުޅެފައިވަނީ އޭރުގެ އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު އަދި ހަސަން ޒިޔަތުގެ ބޭބެ އަބްދުﷲ ޒިޔަތު އެވެ.
ހިޔާނާތުގެ ފައިސާ ބެހިކާމައި ފައިސާ ދައުލަތުން ނެގި ކަމާއި އެކި އެކި މަޖިލީހުގެ ވޯޓުތަކަށް ފައިސާ ހަރަދު ކުރި ކަމަށް އަދީބާއި ޒިޔަތުވެސް ވަނީ އެއްބަސްވެފަ އެވެ. އަދި މިހާރު އެދެބޭފުޅުންވެސް ގެންދަވަނީ ގޭގައި ތިއްބަވައިގެން ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.