12 May 2021, 11:00
ވޯނާ ބްރޮސްގެ ޑީސީ ކޮމިކް ފިލްމު "ވޮންޑަ ވުމަން"ގެ ދެވަނަ ފިލްމު ކަމަށްވާ "ވޮންޑަ ވުމަން 1984" އެމެޒޯން ޕްރައިމް ގައި ސްޓްރީމްކުރަން ނިންމައިފިއެވެ.
އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މި ސީކުއަލް އެމެޒޯން ގައި ސްޓްރީމްކުރަން ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގައެވެ. މި ފިލްމުގެ ދެވަނަ ބައި ސިނަމާތަކުގައި މިހާރު އަޅުވާފައިވާއިރު މި ފިލްމުގެ ތިން ވަނަ ބައެއް ވެސް އަންނާނެ ކަމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ.
ގަލް ގެޑޯ ޓަައިޓްލް ރޯލް ކުޅޭ "ވޮންޑަ ވުމަން 2" ގެ އިތުރު ތަރިންނަކީ ކްރިސް ޕައިން، ކްރިސްޓެން ވިގް، ޕެޑްރޯ ޕާސްކަލް، ރޮބިން ރައިޓް އަދި ކޮނީ ނީލްސަން އެވެ. މި ފިލްމަކީ ޕެޓީ ޖެންކިންސް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ނުކުތް "ވޮންޑަ ވުމަން" އާންމުންގެ މެދުގައި ވަރަށް މަގުބޫލް ފިލްމަކަށް ވެގެން ދިޔަ އިރު ބޮކްސް އޮފީހުގައި ފިލްމަށް 821.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވީ އިރު އެ ފިލްމް ހަދަން ހަރަދުވީ 149 މިލިއަން ޑޮލަރެވެ.