ޝައްވާލް މަހުގެ ހަނދު މިރޭ ފެނިފައި ނުވާތީ، މާދަމާ އަކީ ރޯދަ މަހުގެ ފަހު ދުވަސް ކަމަށާއި، މި މަހުގެ 13 ވާ ބުރާސްފަތި ދުވަހަކީ ފިތުރު އީދު ކަމުގައި ކަނޑައަޅައިފި އެވެ.

ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މިރޭ އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބަރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އެހެންކަމުން ރަމަޟާން މަހާ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް، ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން މާދަމާ އަކީ، ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.

"[އަދި] މި ހިނގާ މެއި މަހުގެ ތޭރަ ވާ ބުރާސްފަތި ދުވަހަކީ، 1442 ވަނަ އަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ކަނޑައަޅާއިފީމެވެ." މިނިސްޓަރު ވިދާޅުވި އެވެ.