ލަވަކިޔުންތެރިޔާ ކަމީލާ ކެބޭލޯ "ސިންދްރެއްލާ"ގެ ރޯލުން ފެނިގެންދާ ފިލްމު އެމެޒޯން އިން ސްޓްރީމް ކުރާ ގޮތަަށް ހަމަޖައްސައިފި އެވެ.

ސޮނީ ޕިކްޗާޒް އިން ގެނެސްދޭ މި ފިލްމުކުރިން އަޅުވަން ނިންމީ ސިނަމާތަކުގަ އެވެ. އެއީ މިއަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް ކޮވިޑް ޕެންޑެމިކްގެ ސަބަބުން ފިލްމު ސިނަމާތަކުގައި އެޅުވޭގޮތް ނުވީ އެވެ.

ކޭ ކެނަން ގެ ޑައިރެކްޝަނުގެ ދަށުން މި ފިލްމު ގެނެސްދޭއިރު މި ފިލްމަކީ އޭނާގެ ސްކްރީންޕްލޭ އެއްވެސް މެ އެވެ. މި ފިލްމަކީ ލަވަކިޔުންތެރިޔާ ކަމީލާގެ ފުރަތަމަ ފިލްމުވެސްމެ އެވެ.

ސިންދްރެއްލާ ކާޓޫން އިން ފެނިގެންދާ ވާހަކަތައް ލައިވް އެކްޝަން ފިލްމުން ފެނިގެންދާ އިރު މި ފިލްމުގައި ޕްރިންސްގެ ރޯލު ކުޅޭނީ ޒުވާން އެކްޓަރު ނިކޮލަސް ގަލިންޒީ އެވެ. އެ ފިލްމުގައި ގޯޑް މަދާގެ ރޯލުން ފެނިގެންދާނީ ބިލީ ޕޯޓާ އެވެ.

އިޑީނާ މެންޒެލް ދޮންމަންމަގެ ރޯލުން ފެނިގެންދާއިރު ސިންދްރެއްލާގެ ސްޓެޕް ސިސްޓާސްގެ ރޯލުން ފެނިގެންދާނީ މެޑީ ބެއިލިއޯ އާއި ޗާލޮޓް ސްޕެންސާ އެވެ.