މާދަމާ އިން ފެށިގެން ކައިވެނި ކޮށްދޭނީ ހަމައެކަނި ހޯމަ އަދި ބުރާސްފަތި ދުވަހު ކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.

ފެމެލީ ކޯޓުން ކުރި އިއުލާނެއްގައި ބުނީ އެޗްޕީއޭ އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މާދަމާ އިން ފެށިގެން ފެމިލީ ކޯޓުން ކައިވެނިތައް ކޮށްދެމުން ގެންދާނީ ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ އަދި ބުރާސްފަތި ދުވަހު ރަސްމީ ގަޑީގައި ކަމަށެވެ.

ރަސްމީ ގަޑީގައި އޮންލައިންކޮށް އަދި ކޯޓުގައިވެސް ކައިވެނި ކޮށްދޭނެ ކަމަށް އެ ކޯޓުން ބުންޏެވެ.

މީގެ ކުރިން ފެމެލީ ކޯޓުން ނިންމާފައި އޮތީ މި އަހަރުގެ ކޮންމެ ދުވަހަކުވެސް ކައިވެނި ކޮށްދޭ ގޮތަށެވެ.