14:30


ސަންއެފްއެމްގެ މަޖިލީހުގެ ޝަހްސިއްޔަތު 2010 އަކަށް ވާދަކުރާ ގަދަ ދިހައެއް ރޭ އިޢުލާންކޮށްފި އެވެ.


އެގޮތުން ސަން އެފްއެމްގެ މަޖިލީހުގެ ސަހްޝިއްޔަތަށް ވާދަކުރައްވާގަދަ ދިހަ މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރ ރީކޯ މޫސާ މަނިކާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަހްލޫފާއި، ތުލުސްދޫ ދާއިރާގެ މެންބަރ ރޮޒެއިނާއި އާދަމާއި، މުލަކު ދާއިރާގެ މެންބަރ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރ މުހައްމަދު ނަޝީދާއި، ބިލެއްދޫ ދާއިރާގެ މެންބަރ އަހުމަދު ހަމްޒާ އާއި، ގެމަނަފުށީ ދާއިރާގެ މެންބަރ އިލްހާމް އަހުމަދާއި މާމިގިލީ ދާއިރާ މެންބަރު ގާސިމް އިބްރާހިމް އަދި ވިލުފުށީ ދާއިރާގެ މެންބަރ ރިޔާޒް ރަޝީދު އަދި ހިންނަވަރު ދާއިރާގެ މެންބަރ އިބްރާހިމް މުހައްމަދު ސޯލިހެވެ.


ސަންއެފްއެމްގެ މަޖިލީހުގެ ޝަހްސިއްޔަތަށް ވާދަކުރާ ގަދަ ފަހެއް ހޮވުމަށްޓަކައި އެސްއެމްއެސް ކުރުމުގެ ފުރުސަތު މިމަހުގެ 18 ގެ ވަނަ ދުވަހުގެ ރޭގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.


ސަންއެފްއެމްގެ މަޖިލީހުގެ ސަހްސިއްޔަތަށް ވާދަކުރާ ފަރާތްތައް ހޮވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން ގަދަ ދިހައެއްގައި ހިމެނިފައިވާ މެންބަރުން ހޮވާފައި ވަނީ ޖަޒުންގެ 60 އިންސައްތަ ވޯޓްގެ އިތުރުން އެސްއެމްއެސްގެ 40 އިންސައްތަ ލިބިވަޑައިގެންނެވި މެންބަރުންނެވެ.