އިންޑިޔާގެ ޓެމިލް ފިލްމް އިންޑަސްޓްރީގައި ވިދަމުން އަންނަ އަންހެން ތަރިއެއް ކަމުގައިވާ ކެރޮލިން މާރިޔަތު (ފޮޓޯގައި) މުމްބާއީގެ ފައިވް ސްޓާ ހޮޓަލެއްގެ ކޮޓަރި ތެރޭ ހަށިވިއްކުމުގެ ވިޔަފާރީގައި އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

ޗެންނާއީގެ މޮޑެލް، ކެރޮލީން 22، ފޫނާގެ ފުލުހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފުތާގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަހާރަސްތްރާ، ވިމަންނަގަރުގެ ފައިވް ސްޓާ ހޮޓަލަކަށް ހަށިވިއްކުމަށް ދިއުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކެރޮލީން ލައްވާ ހަށިވިއްކުމުގެ ވިޔަފާރި ގަދަ ކަމުން ކުރުވުމުގައި ބައިވެރިވާ އޭނާގެ ދޮން ބައްޕަގެ ދަރިއަކު32، ވެސް ފުލުހުން ވަނީ އެ ހޮޓަލުން ހައްޔަރުކޮށްފަ އެވެ.

ފުލުހުން ކެރޮލީން އަތުލައިގެންފައިވަނީ ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ބަޔަކު ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަންގައި ކަސްޓަމަރެއްގެ ގޮތުގައި ސީއައިޑީ ފުލުހަކު ބޭނުން ކޮށްގެންނެވެ.

ހަށިވިއްކުމުގެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރި ވަނީ މޮޑެލްސްއިންގެ ޕޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރާ ކެރޮލީންގެ ދޮންބައްޕަ ކަމަށާއި އޭނާ ކަސްޓަމަރުންނަށް ކެރޮލީން ވިއްކާލަނީ ތިން ލައްކަ އިންޑިއަން ރުޕީސް އަށް ކަމަށްވެސް ފުލުހުންނާ ހަވާލާދީ ޓައިމް އޮފް އިންޑިޔާގައި ބުނެފައިވެ އެވެ.