އެކްތާ ކަޕޫރުގެ ފިލްމެއް ކަމުގައިވާ އޯތިމް2 ގެ ޝޫޓިން ނުފެށެނީސް ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު އެފިލްމް ދޫކޮށްލައިފި އެވެ.

"ވަންސް އަޕޯން އަ ޓައިމް އިން މުމްބާއީ" ގެ ދެވަނަ ބައެއްގެ ގޮތުގައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ މި ފިލްމުން ކަރީނާ ވެކިވެފައިވަނީ ފިލްމްގެ ޝޫޓިންތައް ބާއްވާ ތަންތަނާއި ޝެޑިއުލްތައް ފައިނަލް ނުކުރެވި ލަސްވަމުންދާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކަރީނާ އެ ފިލްމުން ވަކިވީ އެފިލްމްގެ އިސް ރޯލެއް، އޭނާގެ ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރު އަދާކުރާތީ އެވެ. ނަމަވެސް ކަރީނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.

އޯތިމް2 ކުޅެން ކަރީނާ ދެކޮޅު ހަދާފައި ވަނީ އޭގެ ގަޑިއެއްހާ އިރު ކުރިން ހިންދީ ފިލްމް "ރޭސް2" ކުޅުމަށް ދީފިކާ ދެކޮޅު ހެދުމަށްފަހު އޭނާ އެފިލްމް ދޫކޮށްލާފައިވަނި ކޮށެވެ.