ސިފައިންގެ ތެރޭގައި ހަމަނުޖެން ހިނގާ ކަމަށް ބުނެ ފަތުރާ އެސްއެމްއެސްތަކުގައި ވަނީ ދޮގުވާހަކަތަކެއް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ އައްޑޫން ހައްޔަރުކުރި މީހުން ކޯސްޓްގާޑަށް އަރުވައިގެން ކަނޑުމަތީގައި ތަޅައި މަރާކަމަށް ބުނެ ފަތުރާ އެސްއެމްއެސްތަކާއި ކަޅުތުއްކަލާގައި އާއި ބަންޑާރަކޮށީގައި ހަމަނުޖެހުންތަކެއް ހިނގާ ކަމަށް ބުނެ މިހާރަކަށް އައިސް އެސްއެމްއެސްތަކެއް ފަތުރަމުންދާ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ސިފައިން ބުނީ އެފަދަ އެއްވެސް ކަމެއް އެއްވެސް ސަރަހައްދެއްގައި ހިނަގަމުން ނުދާ ކަމަށާއި އެކަން ދިވެހި ރައްޔިތުންނަށް އަންގަން ބޭނުންވާ ކަމަށެވެ. ސިފައިން ބުނީ ސިފައިންގެ އެއްވެސްމަރުކަޒެއްގައި އެއްވެސް ޒާތެއްގެ ހަމަނުޖެހުމެއް ނުހިނގާކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.