#LIVE - Raees Nasheedh ah adhives Faruvaa dhenee, Beyruge Eheegai bodu thahugeegeh
#LIVE - Raees Nasheedh ah adhives Faruvaa dhenee, Beyruge Eheegai bodu thahugeegeh

Last Updated:
5 year 7 month ago

ރައީސް ނަޝީދު އައިސީޔޫގައި، ބޭރުގެ އެހީގައި ބޮޑު ތަހުގީގެއް

    ބުލޮގު ޚުލާސާ

    ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވައި ގ. ކެނެރީގެ ކައިރީގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަނިޔާވެއްޖެ އެވެ. އެ ހާދިސާ ހިނގީ މިރޭ 8:30 އެހާކަން ހާއިރު އެމަނިކުފާނު ދިރިއުޅުއްވާ ގެއިން ނިކުމެ ވަޑައިގަތް ކާރުކޮޅަށް އަރުއްވަނިކޮށްނެވެ. މި ހަމަލާގައި އެމަނިކުފާނަށް އެކިވަރުގެ ޒަހަމްތައް ލިބި އެމަނިކުފާނު އޭޑީގައި އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ.

    #LIVE - Raees Nasheedh ah adhives Faruvaa dhenee, Beyruge Eheegai bodu thahugeegeh
    #LIVE - Raees Nasheedh ah adhives Faruvaa dhenee, Beyruge Eheegai bodu thahugeegeh

    #LIVE - Raees Nasheedh ah adhives Faruvaa dhenee, Beyruge Eheegai bodu thahugeegeh
    #LIVE - Raees Nasheedh ah adhives Faruvaa dhenee, Beyruge Eheegai bodu thahugeegeh

    12:42

    ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އެބައާދޭ: އާއިލާ

    ރައީސް ނަޝީދުގެ ބޭބޭފުޅު ނާޝިދު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ؛ ރައީސް ނަޝީދުގެ ރިކަވަރީއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި ލައިފް ސަޕޯޓަކާ ނުލާ މިހާރު ނޭވާލަމުން ދާ ކަމަށް. އަދި ވާހަކަފުޅު ދައްކަވާ ހެއްދެވި ކަމަށް ވެސް ވެސް ވިދާޅުވި. އަދި ކުރިއަށް ވުރެ ގަދަޔަށް އެނބުރި އަންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ނާޝިދު ވިދާޅުވި.

    #LIVE - Raees Nasheedh ah adhives Faruvaa dhenee, Beyruge Eheegai bodu thahugeegeh
    #LIVE - Raees Nasheedh ah adhives Faruvaa dhenee, Beyruge Eheegai bodu thahugeegeh
    11:34

    ރައީސް ނަޝީދަށް ދިން ހަމަލާއަށް 24 ގަޑިއިރަށް ވުރެ މިހާރު ގިނައިރުވެފައިވާ އިރު އެ މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެވޭ. ފުލުހުން ބުނެފައި ވަނީ ހަމަލާދިން ވަގުތު އެ ސަރަހައްދުގައި އުޅުނު ހަތަރު މީހެއްގެ ހަރަކާތްތަކަށް ޝައްކުވެގެން ތުހުމަތުވާ ހަތަރު މީހަކު ފާހަގަވެފައިވާ ކަމަށް. އޭގެ ތެރެއިން އެކަކު ފެންނަ ފޮޓޯ މިހާރު ވަނީ އާންމުވެފައި. އަދި ތުހުމަތުވާ މީހުން ފުލުހުންނަށް އަދިވެސް ހައްޔަރު ނުކުރެވޭތީ ފުލުހުންނާއި ސިފައިންނަށް ފާޑުކިޔުން ވަނީ ބޮޑުވެފައި.

    #LIVE - Raees Nasheedh ah adhives Faruvaa dhenee, Beyruge Eheegai bodu thahugeegeh
    #LIVE - Raees Nasheedh ah adhives Faruvaa dhenee, Beyruge Eheegai bodu thahugeegeh

    22:45

    ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އައިއީޑީ ގޮއްވީ މީހުން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް

    22:44

    މީގެ ކުރިން ސަލްޓަން ޕާކުގައި ގޮއްވާލި އައިއީޑީއަށް ވުރެއް މާ ބާރުގަދަ އައިއީޑީއެއް ކަމަށް ޝަމާލް ވިދާޅުވި

    22:43

    ރޭގައި ގޮއްވާލާފައިވާ އައިއީޑީ އަކީ ބާރުގަދަ އައިއީޑީއެއް ކަމަށް ޗީފް ޝަމާލް ވިދާޅުވި

    22:35

    ޝަމާލް ވިދާޅުވީ އެ އައިއީޑީ އަކީ ފޯނެއް ނުވަތަ ރިމޯޓެއް ބޭނުންކޮށްގެން ކޮންޓްރޯލް ކޮށްފައި އޮތް އައިއީޑީއެއް ކަމަށް ޝަމާލް ވިދާޅުވީ

    22:32

    ޓެރަރިޒަމްގެ ހަމަލާއެއް އައިސްގެން ގެނެވޭނެ އެންމެ މަތީ އެލާޓުގައި ރާއްޖެ މިހާރު އޮތީ

    22:30

    އިތުރު ޑިވައިސްއެއްގެ މައުލޫމާތު ލިބިގެން ރޭ އެމްއެންޑީއެފުން ހަރަކާތްތެރިވި ކަމަށް ޝަމާލް ވިދާޅުވި

    22:29

    ނީލޯފަރު ހިނގުމުގައި ސައިކަލުތައް ބަހައްޓާފައި ހުންނާތީ އެތަކެތި ނެގުމަށް އަންގާފައި ވާނެ ކަމަށް ޝަމާލް ވިދާޅުވި

    22:27

    ސެކިއުރިޓީ ފަށަލަތަކެއް ގާއިމް ކުރެވިގެން ރައީސް ނަޝީދަށް ސެކިއުރިޓީ ދެވެމުން ދާ ކަމަށް ޝަމާލް ވިދާޅުވި

    22:26

    ރައީސް ނަޝީދަށް ފޯރުކޮށްދެނީ ވަރުގަދަ ސެކިއުރިޓީއެއް ކަމަށް ޝަމާލް ވިދާޅުވި

    22:25

    ރައީސް ނަޝީދަކީ ހައި ރިސްކް ބޭފުޅެއް ކަމާއި، ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހޭ ބޭފުޅެއް ކަމަށް އެތަނުގައި ތައްޔާރުކުރި ރިޕޯޓުތަކުގައި ވާ ކަމަށް ޝަމާލް ވިދާޅުވި

    22:24

    މެއަށް ތަދުވާކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ޝަމާލް ވިދާޅުވީ

    22:22

    އެސްޕީޖީ ޓީމުން އެވަގުތު މަސައްކަތް ކުރި ގޮތާމެދު ހިތްހަމަ ޖެހޭ ކަމަށް ޝަމާލް ވިދާޅުވި

    22:19

    ރައީސް ނަޝީދު ވެއްޓިވަޑައިގަތުމާ އެކު ޕީއެސްއޯ ނަގައިގަނެ، ކާރުކޮޅަށް ލީ ކަމަށް ވިދާޅުވި

    22:19

    އައިޑީ ގޮވުމާއެކު ރައީސް ނަޝީދު ބިންމައްޗަށް ވެއްޓިވަޑައިގެން ކަމަށް ޝަމާލް ވިދާޅުވި

    22:17

    ގޮއްވާލީ ސައިކަލުގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ކަމަށް ޝަމާލް ވިދާޅުވި

    22:16

    ރައީސް ނަޝީދު ރޭ ގެއިން ނުކުމެވަޑައިގެންނެވީ އެހެން ރަށެއްގައި އޮތް ހަފްލާއަކަށް ވަޑައިގަތުމަށް ކަމަށް ޝަމާލް ވިދާޅުވި

    22:15

    ޗީއޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ ރައީސް ނަޝީދަށް ދިނީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް.

    22:14

    ހާދިސާ ހިނގީ 20:27 ގައި ކަމަށާއި 20:35 ވީއިރު ރައީސް ނަޝީދު އޭޑީކޭގެ އެމެޖެންސީ ރޫމަށް ގެންދަވާ ފަރުވާދެއްވަން ފަށައިފި ކަމަށް މާރިޔާ ވިދާޅުވި

    22:12

    އެހާލަތުގައިވެސް ރައީސް ނަޝީދުގެ ބޮޑީގާޑުންގެ ގޮތުގައި ތިއްބެވިު އެސްޕީޖީގެ ބޭފުޅުންނަށް މާރިޔާ ވަނީ ތައުރީފުކުރައްވާފަ. ވިދާޅުވީ އެބޭފުޅުން ކުރެއްވީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށް

    22:10

    މާރިޔާ ވިދާޅުވީ ރޭ ގޮވިއެއްޗެއްގެ އަޑު ބާރުކަމުން އެސްޕީޖީގެ ބޭފުޅުންގެ ކަންފަތަށްފެސް ގެއްލުން ލިބިފައިވާ ކަމަށް

    22:09

    މާރިޔާ ވިދާޅުވީ މިއަދުގެ މި ސެކިއުރިޓީ ހާލަތުގައި ސަލާމަތް ނެތްކަން ރައީސް ނަޝީދަށް ދިން ހަމަލާއިން އެނގޭ ކަމަށް

    22:03

    ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެއްވެސް ރައްޔިތަކަށް ގެއްލުންވާ ގޮތަށް އެފަދަ ހަމަލާއެއް ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް

    21:49

    ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފްއިން ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ތައްޔާރުވެއްޖެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ބައިވެރިވެ ވަޑައިގަންނަވާ

    16:49

    މަޖިލީހުގެ މަސައްކަތްތަކާ މަޖިލީހުގެ ރައީސް ނަޝީދަށް ހަވާލުވެވަޑައިގެންނެވެން ދެން މަޖިލީހުގެ މަސައްކަތްތައް ހުރި ހިތްވަރެއް ލާފައި ކުރިއަށް ގެންދަވާނެ ކަމަށް އީވާ ވިދާޅުވި

    16:48

    ރައީސް ނަޝީދަށް ފަރުވާ ދެއްވުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ސިއްހީ މާހިރުންނަށް އީވާ ވަނީ މަޖިލީހުގެ ނަމުގައި ޝުކުރު އަދާ ކުރައްވާފައި

    16:47

    މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ ހާލަތު އޭޑީކޭގެ ޑޮކްޓަރުން ގާތުން ބަލަމުން ދާ ކަމަށް އީވާ ވިދާޅުވި

    16:47

    ޖަލްސާގައި އޮތީ މަޖިލީހުގެ ރިޔާސަތުން އަންގާ އެންގުމެއް ކަމަށް އީވާ ވިދާޅުވި

    16:46

    މަޖިލީހުގެ ޖަލްސާ ފަށައިފި

    16:35

    މަޖިލީހުން މައުލޫމާތު ދޭ ގޮތުގައި ކުޑަ ވަގުތުކޮޅެއްގެެ ތެރޭގައި ޖަލްސާ ފެށޭނެ

    15:35

    ސީޕީ: ފުލުހުންނަށް ގާނޫނުން ބާރު ލިބިފައި އޮތަސް ޖިނާއީ މިންގަނޑުގެ ތެރެއިން ފުލުހުން އަމަލު ކުރާނީ. ނުރައްކާ ކަންކަން ކުރުމުގެ ގާބިލްކަން ހުރި މީހުން މުޖުތަމައު ތެރޭ އުޅުނަސް އެކަށީގެންވާ ހެކި ނެތި މީހުން ހައްޔަރުކޮށް ހެދެން މިހާރުގެ ގާނޫނީ ނިޒާމަކު ނެތް. މިހަމަލާއާ ގުޅޭ ތަހުގީގަކީ

    15:32

    އޭސީޕީ ރިޔާޒު: ހަމަލާގައި ބޭނުންކުރި ސައިކަލުގެ ސައްހަ މައުލޫމާތުތައް ފުލުހުންނަށް މިހާރު ވަނީ ހޯދިފައި.

    15:29

    ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގިޅިގެން ރޭ ފެށި މަޖިލީހުގެ ކުއްލި ޖަލްސާ މެދު ކަނޑާލުމަށް ފަހު އަނެއްކާވެސް 16:30 ގައި ޖަލްސާ ފަށަން ވަނީ ތާވަލު ކުރެވިފައި

    15:28

    ރައީސް ނަޝީދުގެ ސާޖަރީ ނިމިފައިވާ ކަމަށް އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ. އޭނާ ވިދާޅުވީ ރަނގަޅުވާން ދުވަސް ނަގާނެ ކަމަށް.

    15:23

    ސްޓޭޓް އޮފް އެމަޖެންސީގެ ހާލަތެއް ނެތް: ސީޕީ

    ސީޕީ: ސްޓޭޓް އޮފް އެމަޖެންސީ ގެންނަން ޖެހޭ ހާލަތެއް ނެތް. މިފަދަ އެހެން ހަމަލާއެއް އައިސް ދާނެ ފަދަ ކަމެއް ނުހިނގުމަށް އެހެރީ މިހާރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި. ސްޓޭޓް އޮފް އެމަޖެންސީ ގެންނަން ޖެހޭ ހާލަތެއް އޮތް ނަމަ ކަމާ ގުޅޭ ދައުލަތުގެ ފަރާތްތަކާ އެ މައުލޫމާތު ހިއްސާކުރާނަން.

    15:20

    ހަމަލާ ދިނުމުގެ ފަހަތުގައި އޮތް މޯޓިވް އަދި ނިންމަން އަވަސް: ސީޕީ

    ސީޕީ: ހަމަލާގެ މޯޓިވް އަދި ބުނަން އަވަސް. އެކަން މިދަނީ ބަލަމުން. ބޭރުގެ ޓެރަރިސްޓު ޖަމާއަތަކާ ގުޅިގެން މި ހަމަލާ ދިން ކަމަކަށް އަދި މައުލޫމާތެއް ނުލިބޭ. ދައުލަތުގެ އެއްބާރުގެ ވެރިޔާއަށް ހަމަލާއެއް ދެވިފައި ވާތީ ފުލުހުންގެ ކަންކަމާ ގުޅިގެން އެކަންކަން ބަލަމުން މިދަނީ.

    15:16

    މިލިޓަރީ ގްރޭޑުގެ ގޮވާތަކެތި ބޭނުންކުރި ކަމަށް ނުބެލެވޭ: އޭސީޕީ ރިޔާޒު

    އޭސީޕީ ރިޔާޒު: ގޮވާ އެތި ތައްޔާރުކުމުގައި މިލިޓަރީ ގްރޭޑް އެކްސްޕްލޯސިވްސް ނޫނީ ގޮވާތަކެތި ބޭނުންކޮށްފައިވާ ކަމަކަށް ނުބެލެވޭ.

    15:07

    އިންޓެލް ނުލިބުނު މައްސަލަ ބަލާނެ: ސީޕީ

    ސީޕީ: ފުލުހުންގެ އިންޓެލިޖެންސަށް ހަމަލާގެ މައުލޫމާތެއް ލިބިފައެއް ނެތީ ކީއްވެތޯ އާއި އެކަން ރަނގަަޅަށް ނުކުރެވެނީ ކީއްވެގެންތޯ ދައުލަތުގެ އިދާރާތަކުން ބަލާނެ ކަމަށް. މިވަގުތު މުހިންމު ކަމެއް ދެނީ ތުހުމަތުވާ މީހުން ހައްޔަރުކޮށް ތަހުގީގު ކުރިއަށް ގެންދަން.

    15:05

    ފުލުހުންގެ އިންޓެލްއަށް އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް: ސީޕީ

    ފުލުހުންގެ އިންޓެލިޖެންސަށް ރޭގެ ހަމަލާގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް.

    14:56

    ހަމަލާދިނުމުގައި ބައިވެރިވާ ހަތަރު މީހަކު ފާޙަގަވެއްޖެ: ސީޕީ

    ސީޕީ: ރައީސް ނަޝީދުގެ އޮޕަރޭޝަންތައްކޮށް އެތެރެހައްޓަށް ވަދެފައިވާ ތަކެތިކޮޅުތައް މިވަނީ މިހާރުނެގިފައި. އެ އޮޕަރޭޝަންތައް ކާމިޔާބު. މި މައްސަލައިގައި ތުހުމަތުވާ ހަތަރު މީހަކު މިހާރު ވަނީ ފާޙަގަވެފައި. އެ މީހުން އައިޑެންޓިފައިކޮށް ހައްޔަރުކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށް ދޭ. އާންމުންނަށް އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހިއްސާކޮށްދެއްވާ.

    14:54

    މިއީ މިވަގުތަށް އެންމެ ޕްރިއޮރިޓީ ތަހުގީގު: ސީޕީ

    ސީޕީ: މި މައްސަލަ ތަހުގީގު ކުރަނީ އެންމެ ޕްރިއޯރިޓީ މައްސަލައިގެ ގޮތުގައި. މި ހަމަލާގައި ހަތަރު މީހަކަށް ވަނީ އަނިޔާވެފައި. ތިން ބޮޑީގާޑުންނާއި 43 އަހަރުގެ ދިވެހި ފިރިހެނެއް އަދި 70 އަހަރުގެ އިނގިރޭސި ރައްޔިތަކަށް އަނިޔާވި.

    14:34

    ފުލުހުންގެ ޕްރެސް ފަށައިފި. ޕްރެސް ދެއްވަނީ ސީޕީ ހަމީދާއި އޭސީޕީ ރިޔާޒު.

    ކެޕްޝަން..

    14:22

    ޕްރެސް ދެއްވަނީ ކޮމިޝަނަރު ހަމީދާއި ރިޔާޒު

    ޕްރެސް ދެއްވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު.

    14:18

    ރައީސް ނަޝީދުގެ ސަޕޯޓަރުން އަދިވެސް އޭޑީކޭ ކައިރީ

    ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އެމްޑީޕީގެ ބައެއް އޮފިޝަލުން ރައީސް ނަޝީދަށ ްފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލްގެ ބޭރުގައި އަދިވެސް މަޑުކޮށްގެން އެބަތިބި. ރައީސް ނަޝީދުގެ ސާޖަރީތައް ކާމިޔާބު ކަމަށާއި އަދި އެއް ޕްރޮސީޖާ ހަދަން ޖެހޭ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނޭ. އެ ނޫން އިތުރު މާ ބޮޑު މައުލޫމާތެއް އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭ ގޮތުން އަދި ސާފެއް ނުވޭ.

    14:13

    ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރި ކުރަމުން ވިދާޅުވީ ފުލުހުން ހިންގާ ތަހުގީގުގައި ހުދު އެމަނިކުފާނާއި އެ އޮފީހުގެ ޕްރޮސިކިއުޓަރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް.

    14:07މުހައްމަދު މުޒައްޔިން ނާޒިމްއިސްކަންދަރު ކޮށި

    ފުލުހުންގެ ނޫސްކޮންފަރެންސް ފަށާނީ މެންދުރު 2:30ގައި. މިހާރު ފުލުހުން އަންނަނީ ޕްރެސް ކޮންފަރެންސްއަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން.

    ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވެފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

    ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

    ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވެފައި -- ސަން ފޮޓޯ ފަޔާޒު މޫސާ

    14:00މުހައްމަދު މުޒައްޔިން ނާޒިމް

    ހަމަލާދިން ސަރަހައްދު އަދިވެސް ބަންދުކޮށްފައި

    ރައީސް ނަޝީދު ދިރިއުޅުއްވާ ހަމަލާދިން ކެނެރީގެ ސަރަހައްދު އަދިވެސް އޮތީ ބަންދުކޮށްފައި. ފުލުހުން އެ ސަރަހައްދުގައި އަންނަނީ ފޯރި މަރަމުން. އެ ހިސާބުގައި ދިރިއުޅޭ މީހުންނަށް ގޭގެއަށް ވަދެވެނީ ވެސް ފުލުހުންގެ ހުއްދަ ހޯދައިގެން. އެހެން ނަމަވެސް ހަމަލާ ދިނުމަށް ބޭނުން ކުރި ކަމަށް ތުހުމަތުވާ ސައިކަލާއި ރައީސް ނަޝީދުގެ ކާރުކޮޅު މިހާރު އެ ސަރަހައްދުން ވަނީ ގެންގޮސްފައި. ރޭ ވަރަށް ގިނައިރު ވަންދެން ފޮރެންސިކް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި.

    ރޭގެ ހަލަާދިން ކެނެރީގެ ހިމެނޭ ސަރަހައްދު: އެ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

    13:58އައިޝަތު ފަރީޙާ

    ތަހުގީގުގަށް ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައި

    ފުލުހުން މިއަދު ނެރުނު ބަޔާނެއް މެދުވެރިކޮށް އާންމުންގެ ކިބައިން އެދިފައި ވަނީ ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތު ޝައްކުވާ ކަމެއް ފާހަގަވި ނަމަ އެކަމެއް ވީހާ އަވަހަކަށް ފުލުހުންގެ ހޮޓްލައިން 9704000 އަށް ގުޅައި ރިޕޯޓް ކުރުމަށް. އަދި އެ މައުލޫމާތު ދޭ މީހުންގެ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ފުލުހުން ދޭ.

    13:47

    ފުލުހުންގެ ނޫސް ކޮންފަރެންސް ލަސްކޮށްފި

    ފުލުހުން ނޫސް ކޮންފަރެންސް މިއަދު މެންދުރު 2:30އަށް މިހާރު ވަނީ ލަސްކޮށްފައި. ލަސްކުރި ސަބަބެއް ނޭނގޭ.

    01:13މުހައްމަދު މުޒައްޔިން ނާޒިމް

    ރައީސް ސޯލިހް މިރޭ ގައުމާ މުހާތަބު ކުރައްވަނީ

    ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިރޭ ޓީވީތައް މެދުވެރިކުރައްވާ ގައުމާ މުހާތަބު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ.

    ރައިސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓީވީތައް މެދުވެރި ކުރައްވާ އެމަނިކުފާނު މިރޭ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް. އަދި އެކަމާ ގުޅޭ މައުލޫމާތު ކުޑަ އިރުކޮޅެއްްތެރޭ ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި.

    ރައީސް ގައުމާ މުހާތަބު ކުރައްވާ އިރު، މިރޭ ވަޒީރުންގެ ކުއްލި މަޖިލީހުގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައި

    01:01

    ރައީސް ނަޝީދުގެ އިތުރު ސާޖަރީތަކެއް ހަދަނީ

    ރައީސް ނަޝީދަށް އިތުރަށް ހަދަންޖެހޭ ސާޖަރީތައް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކުން ދެނެގަނެފައިވާ ކަމަށާއި އެ ސާޖަރީތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި.

    00:53

    ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ ސިއްރު ބައްދަލުވުމެއް ގޮތުގައި. ބައްދަލުވުން ސިއްރު ކުރަން ކޮމިޓީގެ ހުރިހާ މެމްބަރުން ވަނީ އިއްތިފާގުވެފައި

    00:35

    ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ތާވަލުކޮށްފައި ވަނީ މިރޭ 00:30 އަށް

    00:34

    ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ކުރިއަށް ދަނީ

    ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ވިދިގެން ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ކުރިއަށް އެބަދޭ. ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވީ އެ ބައްދަލުވުމުގައި މިރޭގެ ހަމަލާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރާނެ ކަމަށް.

    23:36

    މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިރޭ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި

    އެ ބައްދަލުވުމަކީ އެ ހަލަކާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް މަޖިލީހުން މައުލޫމާތު ދޭ

    23:35

    ފުލުހުންނާއި އެމްއެންޑީއެފުން އެ ހާދިސާ ތަހުގީގު ކުރަމުން ދާ ކަމަށް އީވާ ވިދާޅުވި. ތަހުގީގު މައުލޫމާތު ލިބުނު މިންވަރަކުން ހިއްސާކުރާނެ ކަމަށްވެސް ވިދާޅުވި

    23:32

    މިރޭ މަޖިލީހުގެ ޖަލްސާ މެދުކަނޑާލާފައި ވަނީ އިތުރު މައުލޫމާތު ލިބުމުން ޖަލްސާ ފަށާ ގޮތަށް

    23:29

    "ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް މިރޭ ދީފައިވާ ޓެރަރިސްޓް ހަމަލާ އަޅުގަނޑުގެ އަމިއްލަ ނަމުގައާއި. ރައްޔިތުންގެ މަޖިލީހުގެ ތިޔަ ހުރިހާ އިއްޒަތްތެރި މެމްބަރުންގެ ނަމުގަ އާއި ރައްޔިތުންގެ މަޖިލީހުގެ މުވައްޒިފުންގެ ނަމުގައި ހަރުކަށި އިބާރާތުން ކުއްވެރި ކުރަން." މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވި

    23:27

    އީވާ ވިދާޅުވީ ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާ ބެހޭ ފުރިހަމަ މައުލޫމާތު ލިބެންދެން މަޖިލީހުގެ ޖަލްސާ ނިންމާ ނުލާ ކުރިއަށް ގެންދަން އޭނާ ނިންމާ ކަމަށެވެ.

    23:26

    މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިރޭދިނީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އީވާ ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މަޖިލީހުގެ ހުރިހާ މެމްބަރުންނާއި މުވައްޒިފުން އަދި އޭނާގެ އަމިއްލަ ނަމުގައި އެކަން ކުއްވެރި ކުރާ ކަމަށް

    23:25

    ޖަލްސާގައި އޮތީ މަޖިލީހުގެ ރިޔާސަތުން އަންގާ އަންގުމެއް އެކަނި ކަމަށް އީވާ ވިދާޅުވި

    23:25ފާތިމަތު ސައީދު

    ޖަލްސާގައި 67 މެމްބަރުން ހާޒިރުވެ އެބަތިބި

    23:23

    މިރޭގެ ހަމަލާގައި 3 ސިފައިންގެ މީހަކަށް އަނިޔާވި، އެ މީހުންގެ ހާލު ރަނގަޅު

    އެމްއެންޑީއެފުން ބުނީ މިރޭގެ ހަމަލާގައި ތިން ސިފައިންގެ މީހަކަށް އަނިޔާވެފައިވާކަމަށް. ސިފައިންގެ އެކަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނީ އޭނާގެ ކަންފަތަށް ތަދުވާތީ ކަމަށް. އެ ސިފައިންގެ މީހާ މިހާރު ވަނީ ދޫކޮށްލާފައި. އެހެން ނަމަވެސް އަނެއް ދެ ސިފައިންނަށް އޭޑީކޭގައި އަންނަނީ އަދިވެސް ފަރުވާ ދެމުން ކަމަށް އެމްއެންޑީއެފުން ބުނޭ. އެދެ ސިފައިންގެ މީހުންނަށް ލިބިފައި ވަނީ ކުދި އަނިޔާތަކެއް ކަމަށް އެމްއެންޑީއެފުން ބުނޭ.

    23:02ފާތިމަތު ސައީދު

    ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލާ ދިނަ ހަމަލާއާ ގުޅިގެން ބާއްވާ މަޖިލީހުގެ ކުއްލި ޖަލްސާ ފަށައިފި

    23:01

    ރައީސް ނަޝީދުގެ އިތުރު ސާޖަރީތަކެއް ހަދަނީ

    ރައީސް ނަޝީދަށް އިތުރަށް ހަދަންޖެހޭ ސާޖަރީތައް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކުން ދެނެގަނެފައިވާ ކަމަށާއި އެ ސާޖަރީތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި.

    22:51

    ރައީސް ނަޝީދަށް ގިނަ ޒަހަމްތައް ލިބިފައިވޭ، މިހާރު ހާލު ރަނގަޅު: އޭޑީކޭ

    އޭޑީކޭއިން ބުނީ ރައީސް މުހައްމަދު ނަޝީދު މިރޭ 8:30 ގައި އޭޑީކޭ ހޮސްޕިޓަލަށް ގެނައި އިރު ގިނަ ޒަހަމްތަކެއް އެމަނިކުފާނަށް ބޭރު ފުށަށް ލިބިފައިވާ ކަމަށް. އަދި ހާއްސަ މެޑިކަލް ޓީމަކުން އެމަނިކުފާނަށް ފަރުވާ ދެމުން ދާއިރު މިހާރު އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް އޭޑީކޭއިން ބުނި.

    22:48

    ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށަން މިހާރު ވަނީ ތައްޔާރުވެފައި. މިރޭގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

    22:43

    މަޖިލީހުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި

    ރައްޔިތުން މަޖިލީހުގެ ޖަލްސާއާ ދިމާކޮށް މަޖިލީހުގެ ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފައި. މަޖިލީހުގެ ފްލޯތައް ޗެކްކޮށް އަދި މެންބަރުން ވެސް ވެއްދީ ވަރަށް ބޮޑަށް ސްކޭންކޮށްފައި.

    22:38

    ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ހަމަލާއެއް ދީފައިވާތީ، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފި.

    އަދި އެ އަމަލު ހިންގި މީހުން ވީއެންމެ އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެނެސް ގާނޫނީ ގޮތުން ދޭންޖެހޭ އަދަބު ދިނުން އަވަސްކުރުމަށް ވެސް މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމް ވަނީ ގޮވާލައްވާފަ.

    22:30

    ނޭޝަނަލް ސެކިއުރިޓީ ކައުންސިލާ ރައީސް މިރޭ ބައްދަލުކުރައްވަނީ

    ރައީސް މުހައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް މިރޭ ބައްދަލުކުރައްވާނެ: ސްޕޯކްސްޕާސަން

    22:30

    ނޭޝަނަލް ސެކިއުރިޓީ ކައުންސިލާ ރައީސް މިރޭ ބައްދަލުކުރައްވަނީ

    ރައީސް މުހައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް މިރޭ ބައްދަލުކުރައްވާނެ: ސްޕޯކްސްޕާސަން

    22:24ނަޖާހު މަސްއޫދު

    ރާއްޖެޓީވީއަށް ދެއްވި އިންޓަވިއެއްގައި އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު ޝިއްޕެ ވިދާޅުވީ، ރައީސް ނަޝީދަށ ްދިން ހަމަލާއަކީ ސީދާ އެމަނިކުފާނުގެ ފުރާނަފުޅަށް ދިން ހަަމަލާއެއް ކަމަށް.

    22:23ނަޖާހު މަސްއޫދު

    ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހަމަލާއަކީ ޕެންޑެމިކެއްގެ ތެރޭގައި، ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްތަކުގައި، އިންސާނީ ކަރާމަތައް އެއްވެސް ވަރަކަށް ބެލުމެއް ނެތި ދިން ހަމަލާއެއް ކަމަށް. އަދި އެ ހަމަލާ ފިނޑި، ނާތަހުޒީބު އަމަލެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވި.

    22:21

    ރައީސް ނަޝީދަށް ދިން ހަމަލާ ރައީސް ސޯލިހު ކުށްވެރި ކުރައްވައިފި

    ރައީސް ނަޝީދަށް ދިން ހަމަލާ ރައީސް ސޯލިހު ޓްވީޓެއް ކުރައްވައި ކުށްވެރި ކުރައްވައިފި. އެމަނިކުފާނު މިވަގުތު ހުންނެވީ އޭޑީކޭގައި. އެކަން ކުށްވެރި ކުރެއްވީ ކުރެއްވި ޓްވީޓެއްގައި.

    22:13

    މިއީ ނަޝީދުގެ ފުރާނަ ދުއްވާލަން ދިން ހަމަލާއެއް: އެމްޑީޕީ

    ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީ ދާދި ދެންމެ ނެރުނު ބަޔާން: "މިޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މިޕާޓީން ދެކޭ ގޮތުގައި އެހަމަލާއަކީ ސީދާ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ފުރާނަފުޅު ދުއްވާލުމަށް ދީފައިވާ ޓެރަރިސްޓް ހަމަލާއެކެވެ. މި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ މިހާރުން މިހާރަށް ތަޙްޤީޤުކޮށް އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މިޕާޓީން ގޮވާލަމެވެ. މި ހަމަލާގެ ސަބަބުން ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް މިވަގުތު އޭ.ޑީ.ކޭ އިން ގެންދަނީ ރައީސް މުޙަންމަދު ނަޝީދަށް ފަރުވާ ދެއްވަމުންނެވެ.

    މިޕާޓީގެ ދުޢާ އަކީ، ރައީސް މުޙަންމަދު ނަޝީދަށް އަދި އެމަނިކުފާނުގެ ސެކިޔުރިޓީ އަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ."

    22:12ނަޖާހު މަސްއޫދު

    ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލަ އެންމެ މަތީ ދަރަޖައިގެ އަހަންމިއްުޔަތުކަމެއް ދީގެން ދިވެހި ފުލުހުން ތަހުގީގު ކުރާނެކަން ކަށަވަރު ކުރައްވާނެ ކަމަށް.

    22:11ނަޖާހު މަސްއޫދު

    އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިރޭ ދިން "ނުރައްކާތެރި، ރަހުމުކުޑަ" ހަމަލާގައި ޒަހަމްވި ރައީސް ނަޝީދަށާއި، އެހެން މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި. އަދި އެފަދަ ހަމަލާތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި.

    22:10

    މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ

    މިރޭ 10:30ގައި ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންދާކަން "ސަން"އަށް ވަނީ ކަށަވަރުކުރެވިފައި.

    22:02ނަޖާހު މަސްއޫދު

    ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ގިނަ ބަޔަކު ވަނީ އެއްވެފައި. އޭގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓުންގެ އިތުރުން ބައެއް މަޖިލިސް މެމްބަރުން ހިމެނޭ. ކޮވިޑާ ހެދި މާލޭގައި 9:00ގެ ފަހުން ކާފިއު ހިންގާތީ ފުލުހުން އިލްތިމާސް ކުރަނީ އެ ސަރަހައްދަށް މީހުން އެއް ނުވުމަށް.

    22:02ނަޖާހު މަސްއޫދު

    އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރުވެސް ވަނީ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް، އެމަނިކުފާނަށް އަވަށް ޝިފާއަކަށް އެދިވަޑައިގެންފައި. އަދި އެމަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަން އެނގިވަޑައިގަންނަވާ ކަމަށް ޑރ. ޖައިޝަންކަރު ވިދާޅުވި

    21:50ނަޖާހު މަސްއޫދު

    ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދާދި ދެންމެއަކު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފައި. އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ، އެމަނިކުފާނު ވަޑައިގަތުމުން އިސްތިއުފާއަށް ގޮވި ކަމަށް

    21:27ޝަފްނާ ހުސައިން

    21:22ޝަފްނާ ހުސައިން

    ގޮވުމުގައި އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކަށް ވެސް ބޮޑެތި ގެއްލުން ތަކެއް ވަނީ ވެފަ އެވެ.

    ގޮވުމާއެކު ގިނަ އަދަދެއްގެ އާންމުން ވަނީ އެ ސަރަހައްދަށް ޖަމާވެފަ އެވެ. ހަތިޔާރާއެކު ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އިރު، އާންމުން ވަނީ ވަރަށް ބޮޑަށް ފަހަތަށް ޖައްސައިފަ އެވެ.

    21:21ޝަފްނާ ހުސައިން

    އެ ސަރަހައްދުގައި ހުރި 'ސަން؛ ގެ ނޫސްވެރިޔާ ބުނީ އެއްޗެއް ގޮއްވާލާފައިވަނީ، އެމަނިކުފާނުގެ ކާރުކޮޅު ކައިރީ ޕާކުކޮށްފައި ހުރި ސައިކަލެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

    21:21ޝަފްނާ ހުސައިން

    ބާރު އަޑަކާއެކު ގޮވި ގޮވުމުގައި އެމަނިކުފާނުގެ އިތުރުން، އެމަނިކުފާނުގެ ބޮޑީގާޑަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. އަދި އެވަގުތު މަގުމަތީ ހުރި ބިދޭސީއެއްގެ ފައި ވެސް ވަރަށް ބޮޑަށް ވަނީ ޒަހަމްވެފަ އެވެ.

    އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

    ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލި ސަރަހައްދު --- ފޮޓޯ: ޓްވިޓާ
    21:17ޝަފްނާ ހުސައިން

    އެއްޗެއް ގޮއްވާލާފައި ވަނީ އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ. އެމަނިކުފާނު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެމަނިކުފާނުގެ ފޯނާއި ތުރުކުރައްވައިގެން ހުންނެވި ފައިވާން އޮތީ މަގުމަތީގަ އެވެ.