06 May 2021, 15:40
ޅ. ނައިފަރު ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ މީހަކު މިއަދު މަރުވެއްޖެ އެވެ.
އެޗްއީއޯސީއިން މިއަދު ބުނީ ނައިފަރުގައި ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް މަރުވީ 83 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ މިއަދު މެންދުރު 12:30 އެހާއިރު ކަމަށެވެ. މިއީ ނައިފަރުން ކޮވިޑު ޖެހިގެން މަރުވި ދެވަނަ މީހާ އެވެ.
މިއީ ކޮވިޑުގައި ރާއްޖެއިން މަރުވި 76 ވަނަ މީހާ އެވެ. އަދި މިވީ 24 ގަޑިއިރު ތެރޭ މިއީ ކޮވިޑުގައި މަރުވި ދެވަނަ މީހާ އެވެ.
ކޮވިޑު ފެނިގެން މިހާރު އަރާ ފޭބުން މަނާކޮށްފައިވާ ނައިފަރުން މިހާތަނަށް ޖުމްލަ 600 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 273 މީހަކު ބަލިން ފަސޭހަވީއިރު އަދިވެސް 328 މީހަކު ބަލި ޖެހިފައި އެބަ ތިއްބެވެ. އަދި އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ އެންމެ މީހަކަށެވެ.
ނައިފަރުން ކޮވިޑު ފެނުނު ފަހުން މަހެއްހާ ދުވަސްވީއިރުވެސް އެ ރަށުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 20މީހަކު ކޮވިޑަށް އަންނަނީ ޕޮޒިޓިވްވަމުންނެވެ.
ނައިފަރަށް ކޮވިޑު ފެތުރުނީ އެ ރަށާ ކައިރީގައި އޮންނަ ފެލިވަރުންނެވެ