06 May 2021, 10:57
ފަހު ވަގުތަށް ލަސްނުކޮށް ޒަކާތް ދެއްކުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އިލްތިމާސް ކުރައްވައިފި އެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މަދު ކަމަށެވެ.
"ފަހު ވަގުތަށް މަޑުނުކުރައްވާ، ފިތުރު ޒަކާތް އަވަހަށް ދެއްކުމަށް ސަމާލުވެލެއްވުން މުހިއްމު. ފައިސާ އާއި ގޮވާމުންވެސް ޒަކާތް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ފިތުރު ޒަކާތް ދެއްކުމަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު އޮންލައިންކޮށް ދެއްކުމަށް އުނދަގޫ ފަރާތްތަކަށް އިސްލާމީ މަރުކަޒަށް ގޮސްގެން ޒަކާތް ދެއްކޭނެއެވެ.
ފިތުރު ޒަކާތުގެ ގޮވާމުގެ އަގު:
އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 52 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ): 65 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު): 89 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ
- ރަތް ހަނޑޫ: 78 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 59 ރުފިޔާ
ޒަކާތަކީ އިސްލާމް ދީނުގެ ތިންވަނަ ރުކުނަށް ވާއިރު ޒަކާތް ދެއްކުން އަވަސް ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.