ރާއްޖެއިން މިއަދު އިތުރު 734 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 540 މީހުންނާއި އަތޮޅުތަކުން 186 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ހަތް މީހުންނާއި ސިނާއީ ރަށްރަށުން އެއް މީހެކެވެެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 32،665އަށް ވަނީ އަރާފަ އެވެ.

އެކްޓިވް ކޭސްތައް 7،109އަށް އަރާފައިވާއިރު، އޭގެ ތެރެއިން 198 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

މިއަދު 43 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 25،473 އެވެ. އަދި މި ބަލީގައި މިހާތަނަށް 74 މީހުން ރާއްޖެއިން ވަނީ މަރުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 299،407 މީހުންނެވެ. އަދި އޭގެ ތެރެއިން ދެވަނަ ޑޯޒު ޖަހައި، ވެކްސިން ފުރިހަމަކޮށްފައިވަނީ 119،518 މީހުންނެވެ.