05 May 2021, 11:59
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު ހަމްދާން ރައީސް މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާުގައި ހުންނެވި އައިމިނަތު ޝައުނާ ރައީސް މިއަދު ވަނީ ތިމާވެށި ވަޒީރުކަމުގެ މަގާމަށް ހަމަޖައްސައިފަ އެވެ.
ހަމްދާން ވަނީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަސިޓީއިން ޕޮލިސީ ސްޓަޑީޒް އިން ބެޗްލާސް ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ. އަދި ޔުނިވަސިޓީ އޮފް މެންޗެސްޓާ އިން ޑިމޮކްރަސީ އެންޑް އިލެކްޝަންސްގެ ދާއިރާއިން މާސްޓާޒް ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ.
މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް އޭނާ ވަނީ ރައީސް އޮފީހުގައި މަސައްކަތް ކުރައްވައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ބްރިޓިސް ހައިކޮމިޝަނާއި ޔޫއެންޑީޕީ އަދި އެހެނިހެން ވެސް މަދަނީ ޖަމްއިއްޔާތަކުގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި ރިސާޗް ޕްރޮޖެކްޓްތަކުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.