ނެޓްފްލިކްސް އިން ގެނެސްދޭ މަގްބޫލު ސީރީޒް ބްރިޖަޓަންގެ ދެވަނަ ސީޒަންގެ ޝޫޓިން ފަށައިފި އެވެ.

ބްރިޖަޓަންގެ ފުރަތަމަ ސީޒަން އަށް ލިބުނު ބޮޑު މަގްބޫލުކަމެއްގެ ސަބަބުން އެ ސީރީޒްގެ ހަތަރު ސީޒަން ގެންނަށް ވަނީ ނިންމާފަ އެވެ.

އިނގިރޭސި ވިލާތުގެ ރީޖެންސީ ޒަމާނުގައި އުޅުނު "ބްރިޖަޓަން" ކިޔާ ނުފޫޒުގަދަ އާއިލާއެއްގެ ކުދިންގެ ދިރިއުޅުމުގެ އަސްލަކަށް ބަލައިގެން ގެނެސްދޭ މި ސީރީޒަކީ ރޮމޭންޓިކް ސީރީޒެކެވެ.

ބްރިޖަޓަން ޕްރޮޑިއުސްކުރަނީ މަޝްހޫރު ޕްރޮޑިއުސަރު ޝޮންޑާ ރައިމްސްގެ ކުންފުނި ޝޮންޑަލޭންޑުންނެވެ. ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލު ކަމެއް ހޯދައިފައިވާ ބްރިޖަޓަންގެ ފުރަތަމަ ސީޒަން ނުކުތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.