ރާއްޖެއިން މިއަދު އިތުރު 585 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 397 މީހުންނާއި އަތޮޅުތަކުން 160 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 11 މީހުންގެ އިތުރުން ތަރައްގީކުރަމުންދާ ރަށްރަށުން ދެ މީހުންނާއި ސިނާއީ ރަށްރަށުން 15 މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 31،330 އަށް އަރާފަ އެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 6،033އަށް އަރާފައިވާއިރު، އޭގެ ތެރެއިން 173 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

މިއަދު 146 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 25،214 އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 74 މީހުން ވަނީ މަރުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ފުރަތަމަ ޑޯޒު ޖެހީ 297،639 މީހުންނެވެ. އަދި ދެ ޑޯޒު ފުރިހަމަ ކުރި މީހުންގެ އަދަދަކީ 108،494 އެވެ.