ފ. ފީއަލިން ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިން އަށް ލައިފި އެވެ.

ފީއަލީ ހެލްތު ސެންޓަރުން ބުނީ އެރަށުން ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ މީހުންނަކީ މިހާރު ރަށުގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންނާ ކޮންޓެކްޓުވި ބަޔެއް ނޫން ކަމަށްވެސް ހެލްތު ސެންޓަރުން ބުންޏެވެ.

ފީއަލިން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ރަށަށް އަރާފޭބުން މަނާކޮށްފައެވެ. ކޮންޓެކްތު ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަޑްދާކަމަށް ހެލްތު ސެންޓަރުން ބުންޏެވެ.

ފީއަލި މޮނީޓަރިން އަށް ލާފައިވާއިރު ރާއްޖޭގެ ރަށްރަށުން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. މިވަގުތު 23 ރަށެއް މޮނިޓަރިންގައި އެބައޮތެވެ.

ރޭގެ ނިޔަލަށް ރާއްޖެއިން 30،237 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.