01 May 2021, 15:03
ސޭވަރީ ޑިޝްތަކެއް ގެނެސްދިނުމަށްފަހު މަޑިހާ ސަން ބަދިގޭގައި މިއަދު ތައްޔާރުކުރަނީ ފޮނި ޑެޒާޓެކެވެ. މަދު އިންގްރިޑިއެންޓްސް ތަކަކުން އަދި ފަސޭހައިން ތައްޔާރުކޮށްލެވޭ ބިސްކިޓް ޕުޑިންގްއެކެވެ.
ބޭނުންވާނެ ތަކެތި:
- 300 ގްރާމް ކްރީމް ކްރެކާ ބިސްކޯދު
- 50 މިލިލީޓަރު ގެރިކިރު
- 250 މިލިލީޓަރު ހެވީ ކްރީމް
- 2 ތިކި ވެނީލާ އެސެންސް
- 1 ދަޅު މިކްސްޑް ފްރުޓް ނުވަތަ ފްރުޓް ކޮކްޓެއިލް
- 150 ގްރާމް ނަޓް (އެކި ވައްތަރުގެ)
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކްރީމް، ގެރިކިރު އަދި ވެނީލާ އެސެންސްކޮޅު ބޯތައްޓެއްގައި އެއްކޮށްލުމަށްފަހު ރަނގަޅަށް ވިޕް ކުރާށެވެ. ދެން ޓްރޭއެއްގައި ކްރީމްގެ ފަށަލައެއް ފަތުރާލާށެވެ. ކްރީމްގެ މަތީގައި ބިސްކޯދު ފަށަލައެއް ފަތުރާލާށެވެ. އަދި ބިސްކޯޑުގެ ބަތީގައި ފްރުޓު ފަށަލައެއް ފަތުރާލާށެވެ. މިގޮތަށް ދެ ތިން ފަހަރު ފަށަލަ އަޅަމުން ގެންދާށެވެ. އެންމެ މަތީ ފަށަލައިގައި ހުންނަން ޖެހޭނީ ވިޕްޑް ކްރީމްއެވެ.
ދެން އެންމެ މަތީގައި އޮންނަ ފަށަލައިގެ މައްޗަށް ނަޓްސްއާއި ފްރުޓްކޮޅެއް އަޅައި ގާނިޝްކޮށްލާށެވެ.
ދެން ޓްރޭ ލާނީ ފްރިޖަށް ނުވަތަ ޗިލާއަށެވެ. ކާނީ 45 މިނިޓު ވަންދެން ފިނިކޮށްލާފައެވެ.
ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު
މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ.