އަގުބޮޑުކޮށް ސައިކަލެއް ނޫނީ ކާރެއް ގަނެ، އެއަށް އަރައިގެން މަގުމައްޗަށް ނިކުންނަނީ ނިކަން އުފާވެފައެވެ. ކޫރުމެއް އެޅިދާނެތީ، ހިރަފުސް ވެދާނެތީ ވަރަށް ސަމާލުވެއެވެ. މީހެއްގެ އަތަށް އެ ދޫކޮށްލަން އަމުދަކުން ހިތެއް ނޭދެއެވެ. ހައްތަހާވެސް އެހާ އަގުބޮޑުކޮށް ގަތް، ނިކަން ލޯބިވާ ވެހިކަލަށް ގެއްލުމެއް ވެދާނެތީ އެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނު ބުނާގޮތުން އެފަދަ އުޅަނދުތަކަށް ތާޑް ޕާޓީ ކަވަރޭޖް ލާޒިމެވެ. މޮޓޯ ތާޑް ޕާޓީ ޕްލޭނަކީ އެކްސިޑެންޓެއް ވުމުން ތިންވަނަ ފަރާތަށާއި ތިންވަނަ ފަރާތުގެ އުޅަނދަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭ ޕޮލިސީއެކެވެ. ގާނޫނުން ލާޒިމްކޮށްފައި މިޕޮލިސީއިން މުޅި މުޖްތަމައުއަށް ފައިދާ ކުރެ އެވެ.

އެލައިޑް އިންޝުއަރަންސް އިން ވަނީ ރޯދަ މަހާ ދިމާކޮށް އަލަށް މޮޓޯ ތާޑް ޕާޓީ އިންޝުއަރަންސާއި ތަކާފުލް ނަގާ ފަރާތްތަކަށް އަދި ޕްލޭން އާ ކުރާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓް އަގުތަކެއް ތައާރަފު ކޮށްފައެވެ. އެ ޕްރޮމޯޝަނުގެ ދަށުން 50 ސީސީ އާއި ހަމައަށް ސައިކަލުތަކަށް މީގެ ކުރިން 150 ރުފިޔާގެ އަގު ވަނީ 125 އަށް ކުޑަކޮށްފައެވެ. 50-250 ސީސީ ގެ ސައިކަލުތަކަށް މީގެ ކުރިން 175 ރުފިޔާ ދައްކަން ޖެހޭއިރު ޕްރޮމޯޝަނުގެ އަގަކީ 140 ރުފިޔާ އެވެ. 250 ސީސީ އިން މަތީގެ ސައިކަލުތަކަށް މިހާރު 190 ރުފިޔާ ދައްކަން ޖެހޭއިރު ކުރީގެ އަގަކީ 250 ރުފިޔާ އެވެ.

ހަތަރު ފުރޮޅުުލީ އުޅަނދުތަކަށް ނަގާ އަގުވެސް އެލައިޑް އިން ވަނީ ހެޔޮކޮށްފައެވެ. އެގޮތުން ކާރު، ވޭން އަދި ޖިޕް ފަދަ އުޅަނދުތަކަށް ކުރިން 750 ރުފިޔާ ދައްކަން ޖެހުނު ނަމަވެސް މިހާރު ޕްރޮމޯޝަނުގެ ދަށުން ދައްކަން ޖެހެނީ 475 ރުފިޔާ އެވެ.

މުދާ އުފުލާ އުޅަނދުތަކަށްވެސް ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ދޭނެއެވެ. މީގެ ކުރިން 1،000 ރުފިޔާ ދައްކަން ޖެހޭ އުޅަނދުތަކަށް މި ޕްރޮމޯޝަނުގެ ދަށުން 800 ރުފިޔާ ދައްކަން ޖެހޭއިރު ފޯކްލިފްޓް ފަދަ ބަރު އުޅަނދު ފަހަރުގެ ކެޓަގަރީ އިންވެސް ހާއްސަ ޑިސްކައުންޓް ވަނީ ކަނޑައަޅައިފައެވެ. ފޯކްލިފްޓް، ކެރޭން، ބާޖް ހޭންޑްލާ ފަދަ އުޅަނދުތަކުގެ އިންޝުއަރަންސަށް މީގެ ކުރިން 2،000 ރުފިޔާ ދެއްކި ނަމަވެސް ޕްރޮމޯޝަނުގެ އަގަކީ 1،400 ރުފިޔާ އެވެ.

މިއިން ޕްލޭނެއް ނެގުމަށް، ނޫނީ އާކުރަން ބޭނުން ނަމަ އެލައިޑްގެ އޮންލައިން ޕޯޓަލް www.myallied.mv ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން މިކަން ކޮށްލެވޭނެއެވެ. ނުވަތަ އެލައިޑް/ އަޔާދީ އޮފީހަށް ޒިޔާރަތް ކޮށްލުމުންވެސް ޑިސްކައުންޓް އަގުތަކުގައި މޮޓޯ ތާޑްޕާޓީ ޕްލޭންސް ނަގާލެވޭނެއެވެ. މަގުމަތީގެ ރައްކާތެރިކަމަށް އިސްކަން ދިނުމަށް ހަނދާންކޮށްދީ، މަގަށް ސަމާލުވެ ބަލައިގެން ދުއްވުމުގެ މުުހިންމުކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ މުހިންމުކަމަށް ފޯކަސްކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަނާއެކު މޮޓޯ ތާޑްޕާޓީ ނަގާ ފަރާތްތަކަށް ހިތްހަމަޖެހުމެއްވެސް ލިބޭނެއެވެ.