09 Feb 2012, 15:46
ޕޮލެންޑާއި ޔުކްރޭނުގައި ބާއްވާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ފަހު، ފްރާންސް ގައުމީ ޓީމާއި އާސެނަލްގެ ކޯޗު އާސެން ވެންގާ ހަވާލުވާނެ ކަމަށް ރިޕޯޓްތަކުން ބުނަން ފަށައިފި އެވެ.
ފްރާންސް ގައުމީ ޓީމާއި މިހާރު ހަވާލުވެ ހުރި ކޯޗް ލޯރެންޓް ބްލޭންކްގެ ކޮންޓްރެކްޓް ހަމަވާނީ ޔޫރޯ ފުޓުބޯޅަ މުބާރަތަށް ފަހު އެވެ. އެހެންކަމުން ފްރާންސް ފުޓުބޯޅަ އެސޯސިއޭޝަނުން މިހާރު އެންމެ ބޮޑަށް މަސައްކަތްކުރަނީ ކާމިޔާބީ އާ ކޯޗެއް ހޯދުމަށެވެ.
ދާދި ފަހުން ފްރާންސްގެ މިހާރުގެ ކޯޗު ބެލޭންކް އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވެއެވެ. މިފާޑުކިޔުންތަކުގައި ޔޫރޯ ގައި ފްރާންސަށް ކާމިޔާބީ އެއް ނުލިބޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މުހިންމު ގިނަ ކުޅުންތެރިންތަކެއް އެމުބާރާތުގައި ކުޅުމަށް ދެކޮޅު ހަދާނެ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.